ޚަބަރު

އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ޕާޓްނަރުން އިއުލާންކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އެއާލައިންތަކާއި އެއާޕޯޓްތައް ގުޅުވައިދޭ އެންމެ ބޮޑު ކޮންގްރެސް "އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2024" ރާއްޖޭގައި ބާއްވަން ނިންމާ އެ އިވެންޓުގެ ޕާޓްނަރުން އިއްޔެ އިއުލާންކޮށްފި އެވެ.

Ads by STELCO

މިކަން ހާމަކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނޫވިލު ސީޕްލޭން ޓާމިނަލްގައި ބޭއްވި ހަރަކާތެއްގަ އެވެ. މި ހަރަކާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންނާއި ސީނިއާ މެނޭޖްމަންޓާއި ޕާޓްނަރުން ބައިވެރިވި އެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިސްކަންދެއްވާފައިވަނީ ދުރުވިސްނުންތެރި މާސްޓަރޕްލޭނަކާއެކު ކަމަށާއި މި ޕްލޭންގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމާ އެއްގޮތަށް، އޭވިއޭޝަން ޑިވެލޮޕްމަންޓްގެ ޒަރިއްޔާއިން ޤައުމަށް ތަނަވަސްކަން ލިބިގެންދާނެ ކަމަށެވެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2024ގެ ޕާޓްނަރުން:

 • ރިސޯޓް ޕާޓްނަރުން: ޝެރަޓަން، މަލަހިނި
 • ވެނިއު ޕާޓްނަރު: ކުރުނބާ މޯލްޑީވްސް
 • ޑިޖިޓަލް ޕާޓްނަރު: ދިރާގު
 • ސީޕްލޭން ޕާޓްނަރު: ޓީއެމްއޭ
 • އެއާލައިން ޕާޓްނަރު: އެމިރޭޓްސް
 • އޭވިއޭޝަން ޕާޓްނަރު: މޯލްޑިވިއަން
 • މީޑިއާ ޕާޓްނަރުން: އައިލެންޑް ޗީފް، އޯކާ މީޑިއާ، ހޮޓެލިއާ މޯލްޑިވްސް، ދިި އެރައިވަލް، ޓްރެވެލުސަން މީޑިއާ

އެންޑޯޒްމަންޓް ޕާޓްނަރުން

 • ޓޫރިޒަމް މިނިސްޓްރީ
 • މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
 • މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)
 • މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕްރޭޝަންސް (މަޓާޓޯ)

މިއީ އޭވިއޭޝަން ދާއިރާއިން، ބައިނަލްއަގްވާމީ، މިފަދަ ޝަރަފްވެރި އަދި ބޮޑު ހަރަކާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްއަކީ ދުނިޔޭގެ ފެންވަރުގައި އެއަރލައިންތަކާއި އެއާޕޯޓްތައް ގުޅުވައިދޭ އެންމެ ބޮޑު އެއް ޕްލެޓްފޯމެވެ. މިކޮންގްރެސްއަކީ ގްލޯބަލް ޓްރެވެލް އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!