މާލޭގައި ހިނގި މާރާމާރީއަކާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި
މާލޭގައި ހިނގި މާރާމާރީއަކާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މާރާމާރީ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައެެވެ. މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި މާރާމާރީ ހިނގީ ރޭގަނޑުގެ ވަގުތެއްގައެވެ. ތިން މީހުންގެ މެދުގައި ހަމަނުޖެހުން ހިންގި މަންޒަރު އެ ވީޑިއޯއިން ފެނެއެެވެ. ފުލުހުންނަށް އެ ސަރަހައްދަށް ދެވުނު އިރު މާރާމާރީ ހިންގި ތިން މީހުން ވެސް ވަނީ އެތަން ދޫކޮށް ގޮސްފައެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ ސްޕޯކްސްޕާސަން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވީ އެ މާރާމާރީ ތަޙްގީގު ކުރުމަށް، މިކަމުގައި ޝާމިލްވިކަމަށް ތުހުމަތުކުރެވޭ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ހައްޔަރުކުރި މީހުންގެ މަޢުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ. މިކަމުގައި ބައިވެރިވާ އެހެނިހެން ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝިފާން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާއިރު ދާދި ފަހުން ވަނީ ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ވަޅިން ބިރުދައްކައި މާރާމާރީ ހިންގި މައްސަލައެއްގައި ވެސް ބަޔަކު ހައްޔަރުކޮށްފައެވެ.