ޚަބަރު

ސަފާރީއެއްގައި ހުރި ދިވެއްސެއް ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ޓެސްޓު ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި އޮތް ސަފާރީއެއްގައި ހުރި ދިވެއްސަކު ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން "އެކުއެޓަރ" ސަފާރީ ގައި ހުރި ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.

އަދި ޓެސްޓްގެ ނަތީޖާ ލިބެންދެން އެއުޅަދު ވަނީ މޮނިޓަރިންގްއަށް ލެވިފައިކަން އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް-19 ރާއްޖެއިން މިހާތަނަށް 13 ނައްސިވެފައިވާއިރު އެ އެންމެނަކީ ވެސް ބިދޭސީންނެވެ.

ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!