ޗައިނާއިން ރާއްޖެއަށް 1500 ޓަނުގެ ފެން ހަދިޔާކޮށްފި
                                                    ޗައިނާގެ ޒިޒާންގް އޮޓޮނޮމިކް ރީޖަންގެ މީހުންގެ ފަރާތުން، ދިވެހިންނަށް ފޯރުކޮށްދޭ ގާތް ގުޅުމުގެ ނިޝާނެއްގެ ގޮތުގައި 1500 ޓަނުގެ މިނެރަލް ފެން ހަދިޔާކޮށްފިއެވެ.
މި ތަކެތި ދިވެހި ސަރުކާރާ ހަވާލު ކުރީ، ފޮރިން މިނިސްޓްރީގައި އެ ކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ.
ސަރުކާރުގެ ފަރާތުން ހަދިޔާއާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. އެ ތަކެތި ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގ ލިޒިން އެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއީ ފެނުގެ ދަތިކަން އަންނަ ދުވަސްވަރަކަށް އެ ކަމެއް ދިމާވާ ރަށްރަށަށް ބަހަން، އިމަޖެންސީ ބެކްއަޕެއްގެ ގޮތުގައި ބަހައްޓާ ފެނެވެ.
  Ads by HDC
 
 
            
                    
            
                    
            
                    
            
                    