ޚަބަރު

ކޮވިޑް19: އާދީއްތަ ދުވަހުން ފެށިގެން ހޮޓާ، ކެފޭ ރެސްޓޯރެންޓްތައް ބަންދު

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19އާއި ގުޅިގެން އަންނަ އާދީއްތަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ހޮޓާ، ކެފޭ، ރެސްޓޯރެންޓްތައް ބަންދު ކުރަން ނިންމައިފިއެވެ.

Ads by STELCO

މިކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭ، ވިލިމާލޭ އަދި ހުޅުމަލޭގެ ހުރިހާ ކެފޭ އަދި ރެސްޓޯރަންޓްތައް މާދަމާ ރޭ މެންދަމު 12 އިން ފެށިގެން ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.

އެހެން ނަމަވެސް ޓޭކްއަވޭގެ ހިދުމަތް ރެސްޓޯރެންޓުތަކަށް ދެވޭނެ ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ. އަދި އެކަމާއި ގުޅޭ އިތުރު މައުލޫމާތު އެޗްޕީއޭ އިން ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް19 އަށް މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، މި ބަލި ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ ފިޔަވަޅުތައް އަޅާފައެވެ. އޭގެތެރޭގައި ޝީޝާގެ ހިދުމަތް ދޭ ތަންތަން ވެސް ބަންދު ކުރުމަށް ވަނީ އަންގާފައެވެ. އަދި ސްކޫލްތަކާއި ޔުނިވާސިޓީ ތަކުގެ އިތުރަށް، ރިސޯޓުތަކުގެ ސްޕާތައް ފިޔަވައި އެހެން ސްޕާތައް ބަންދު ކުރުމަށް ވަނީ އަންގާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!