ސަރުކާރުގެ އެކި މަސައްކަތްތަކައް ދޭން ޖެހޭ 5 ބިލިއަނެއްހާ ރުފިޔާ ދައްކައިފި
ސަރުކާރުން މިހާތަނަށް އަމިއްލަ ވިޔަފާރިތަކަށް 4.9 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ.މުހައްމަދު ޝަފީގު ވިދާޅުވީ މިއަދާ ހަމައަށް އައިރު ދައުލަތުގެ ޙަރަދުތައްކުރުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި އަދި އެހެނިހެން އިދާރާތަކަށް 6.4 ބިލިއަން ރުފިޔާ ޙަރަދު ކުރެވިފައިވާ ކަމަށެވެ.
އަދި ޕްރައިވެޓް ސެކްޓާގެ ޕޭމެންޓް ހެދުމަށް 4.9 ބިލިއަނަށް ޙަރަދު ކުރެވިފައިވާކަމަށާއި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް 50 މިލިއަނަށް އިތުރުކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން މިއަހަރުގެ މިހާތަނަށް 2.5 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް އެވޯޑް ކުރެވިފައިވާ ކަމަށާއި އޭގެ ތެރޭގައި ހެލްތް ސެކްޓާއަަށް %20ހޭދަކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި ޖުމްލަ ގޮތެއްގައި ބަލާއިރު ސަރުކާރުގެ ޙަރަދުތައްވެސް މިހާރަށްވުރެން ކުޑަކުރަން ޖެހެއެވެ. ސަރުކާރުން މަސައްކަތް ކުރަނީ ވެސް ޙަރަދުތައް މިހާރަށްވުރެން ކުޑަކުރަން ކަމަށް މިނިސްޓަރ ފާހަގަގުރެއްވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިތާ ހަމަސް ދުވަސް ފާއިތުވެގެން ދިޔައިރު ވޭތުވެދިޔަ މަސްތަކުގައި ކުރީ ސަރުކާރުން އަމިއްލަ ފަރާތްތައް މެދުވެރިކޮށް ކޮށްފައިވާ މަސައްކަތްތަކަށް ނުދައްކާ ހުރި ބިލުތަކަށް 11.3 ބިލިއަން ރުފިޔާ މިހާރު ވަނީ ދައްކާފައެވެ.