ދީން

ސިހުރުން ރައްކާތެރިވުމަށް އެންމެ މުހިންމީ ފަރުޟު ފަސް ނަމާދު ކުރުން: ހުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ސިހުރުން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ފަރުޟު ފަސް ނަމާދު ކުރުން ކަމަށް ހުތުބާގައި ބުނެފި އެވެ.

Ads by Hajj Corporation

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޟޫއަކީ “ސިހުރުގެ ނުބައިކަން” މިއެވެ.

ހުތުބާގައި ބުނީ މިހާރު އަހަރެމެންގެ ތެރޭގައި ފެތުރިފައިވާ ކުށްތަކުގެ ތެރޭގައި، އެ ކުށްތަކަކަށް އަރައިގަތުމުން، ދީނުން ބޭރުވާ ފަދަ ކުށްތައް ވާ ކަމަށާއި އޭގެތެރެއިން އެއްކަމަކީ ސިޙުރު ކަމަށެވެ. ސިޙުރުގެ ސަބަބުން ޢާއިލާތައް ރޫޅި، ދެމަފިރިންގެ ޒަވާޖީ ޙަޔާތް ބަރުބާދުވާ ކަމަށާއި ރަޙްމަތްތެރިންގެ މެދުގައި ރުޅިވެރިކަމާއި، ޢަދާވާތްތެރިކަން އުފެދޭ ކަމަށެވެ. އަދި ދަރިވަރުންގެ ތަޢުލީމަށް ހުރަސްއެޅި، ޞިއްޙަތު ސަލާމަތުން ހުރި މީހާ ބަލިވެ، ހިތާމަޔާއި، ވޭން ތަޙައްމަލުކުރަން ޖެހޭ ކަމަށާއި އެފަދަ ޢަމަލެއް ކުރާ މީހެއްގެ ގާތަށްގޮސް، އޭނާގެ ބަސް ތެދުކޮށް، އޭނާގެ ކިބައިން އެހީތެރިކަން ހޯދައިފި މީހާ، ކީރިތި ރަސޫލާގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް ކާފިރުވާނެ ކަމަށް ހުތުބާގައި ބުންޏެވެ.

ސިޙުރަކީ ޙަޤީޤަތެއް ކަމަށާއި އޭގެ އެއްބާވަތަކީ، އެކަންކުރާމީހުންގެ ކުޅަދާނަކަމުން، މީސްތަކުންގެ ލޯމައްޗަށް އޮޅުވާލާ އޮޅުވާލުމެއް ކަމަށް ހުތުބާގައި ބުންޏެވެ. ސިޙުރުގެ އަނެއް ބާވަތަކީ، ކެހިވެރިކަމުގެ ދައްކާލުމެއް ނޫނެވެ. އެއީ މީހުންގެ ހިތްތަކަށާއި، ހަށިގަނޑަށް އޭގެ އަސަރު ފޯރާ ބާވަތެވެ. މި ބާވަތުގެ ސިޙުރު ހެދުމަށް މީހުންގެ އިސްތަށްޓާއި، ނިޔަފައްޗާއި،ފުނަލުގެ ދަތާއި، ފޭރާން ނުވަތަ ފައިވާން ފަދަ ތަކެތި ބޭނުން ކުރެއެވެ. މީގެތެރޭގައި، މީހުން މޮޔަކޮށްލާ ސިޙުރާއި، ބަލިކޮށްލާ ސިޙުރާއި، މަރާލާ ސިޙުރާއި، ދެމަފިރިން ރުޅިކުރުވައި އަދި ދުރުކުރުވާ ސިޙުރު ހިމެނެ އެވެ.

”ކީރިތި ރަސޫލާ z އަށް ޖެހިވަޑައިގަތީ، މިބާވަތުގެ ސިޙުރެކެވެ. لَبِيْدُ بْنُ الْأَعْصَم ނަމަކަށް ކިޔާ ޔަހޫދީއަކު، ކީރިތި ރަސޫލާ z އަށް ސިޙުރު ހެދީ، އެކަލޭގެފާނުގެ އިސްތަށިފުޅުން މިންވަރެއް ހޯދައިގެންނެވެ. ކީރިތި ރަސޫލާ z އަށް سُوْرَةُ الْفَلَقِ އާއި سُوْرَةُ النَّاسِބާވައިލެއްވީ މި ޙާދިޘާއާ ގުޅިގެންނެވެ” ހުތުބާގައި ބުންޏެވެ.

ސިޙުރަކީ ކާފިރުވާ ފަދަ ބޮޑުފާފައެއް ކަމަށާއި އެއީ ދެދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާ ޢަމަލެއް ކަމަށް ހުތުބާގައި ބުންޏެވެ. މުޞީބާތްތަކުން މިންޖުވުމަށާއި، ބޭނުންވާ ކަންކަމުގައި، އިޚްލާޞްތެރިކަމާ އެކު މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަށް ހުތުބާގައި ގޮވައިލެއްވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!