ފަތުުރުވެރިންގެ އަދަދު ނުވަ ލައްކައަށް، 10 އިންސައްތަ އިތުރުވުމެއް

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ނުވަ ލައްކައަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 903،775 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ 10 ޕަސެންޓް އިތުރުވުމެކެވެ. މި މުއްދަތުގައި މިދިޔަ އަހަތު ޒިޔާރަތްކޮށްފައިވަނީ 821،248 ފަތުރުވެރިންނެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. މިހާތަނައް އެ ގައުމުން 102،075 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ދެވަނައަށް އެންމެ ގިނައިން އަންނަ ރަޝިއާއިން 91،618 ފަތުރުވެރިން ވަނީ ޒިޔާރަތްކޮޢްފައެވެ. 85،840 ފަތުރުވެރިންނާއެކު ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އެވަރެޖްކޮށް ދުވާލަކު 5،831 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. ރާއްޖޭގައި ފަތުރުވެރިން 7 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެ އެވެ.
ރާއްޖެއިން މިއަހަރު އަމާޒު ހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.