ހޯމް މިނިސްޓްރީގެ ޕީއެސްއަކަށް ހިންނާ ހާލިދު

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޕާމަނަންޓް ސެކެޓްރީއަކަށް ހިންނާ ހާލިދު އައްޔަނުކޮށްފި އެވެ.
މިއަދު ހޯމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސިވިލް ސާވިސް ކޮމިޝަނުން ވަނީ ހިންނާއަށް އޭނާގެ މަގާމުގެ ލިޔުން ހަވާލުކޮށްފަ އެވެ.
ބިޒްނަސް މެނޭޖްމެންޓް އިން މާސްޓާޒް ހާސިލުކުރެއްވި ހީނާ ވަނީ ރާއްޖޭގެ އެކި ކޮލެޖުތަކުގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ. އޭނާ ވަނީ ރައީސް އޮފީހުގެ އަންޑާ ސެކެޓްރީގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާގެ މަގާމު ވެސް ފުރުއްވާފަ އެވެ.
ޒިންމާދާރު އިސްވެރިޔާގެ މަގާމުގައި ހުންނެވިއިރު މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން އިތުރު ގަޑީގެ ފައިސާ ހޯދި މައްސަލައެއް ސާބިތުވެ ސިވިލްކޯޓުން އޭނާގެ މައްޗަށް ގޭ ބަންދުގެ ހުކުމެއް އިއްވި އެވެ. އެކަމަކު އެ ހުކުމް ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ.