ޚަބަރު

އީކުއޭޓާ ސަފާރީން ކޮވިޑް-19 އަށް ޓެސްޓުކުރި މީހާ ވެސް ނައްސި ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

"އީކުއޭޓާ ސަފާރީ" ނަމަކަށް ކިޔާ ސަފާރީއަކުން ކޮވިޑް-19ގެ ޝައްކުވި ބިދޭސީ މީހާ ސާމްޕަލް ވެސް ނައްސި ވެއްޖެއެވެ.

Ads by STELCO

ކޮވިޑް-19 އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވީ އީކުއޭޓާ ސަފާރީން ޓެސްޓު ކުރި މީހާގެ ނައްސިވި ނަމަވެސް އެ ސަފާރީ 14 ދުވަހަށް ކަރަންޓީނު ކުރާނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ސަފާރީގެ އިތުރުން އިއްޔެ އއ. ބޮޑުފުޅަދޫގެ ހޮލިޑޭ ވިލެޖް ގެސްޓް ހައުސްގައި ހުރި ދިވެއްސެއްގެ ވެސް ޓެސްޓްތައް ހެދި ކަމަށައި އެމީހާގެ ނަތީޖާ އަދި ނުލިބޭ ކަމަށެވެ.

ކޮވިޑް-19 ރާއްޖެއިން މިހާތަނަށް 13 ފައްސިވެފައިވާއިރު އެ އެންމެނަކީ ވެސް ބިދޭސީންނެވެ. މީގެ ތެރެއިން އެކަކު މިހާރު ވަނީ އެ ބަލިން މުޅިން ރަނގަޅުވެފައެވެ. އެއީ ހާލު ދެރަވެގެން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރި ބަލި މީހެކެވެ.

ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!