ޚަބަރު އިޖުތިމާޢީ

މިދިޔަ މަހު 610 މީހުންނަށް ޑެންގޫ ޖެހިގެން ރިޕޯޓްކުރި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ބޭރަށް ހިންގުމުގެ ރޯގާއިން ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި

މިދިޔަ މޭ މަހު ޑެންގޫ ޖެހުނު އަދަދު އިތުރުވެ، 610 ޑެންގޫއަށް ޕޮސިޓިވް ވެފައިވާ ކަމަށް ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by Hajj Corporation

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެޕްރީލް މަހާ އަޅައިބަލާއިރު މޭ މަހު ޑެންގޫ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ވަނީ އިތުރުވެފައެވެ. އަދި ރިޕޯޓް ކުރެވޭ ހުރިހާ ބައްޔެއް  ވެސް އެޕްރީލް މަހާއި އަޅާބަލާއިރު މޭ މަހު އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެގޮތުން، މިދިޔަ މަހު އެކަނިވެސް އަރިދަފުސް ރޯގާގެ 21،720 ކޭސް ރިޕޯޓް ކޮށްފައިވެއެވެ. އަދި ބޭރަށް ހިންގުމާއި ހޮޑުލުމުގެ 2،923 ކޭހާއި، ވައިރަލް ހުމުގެ 12،352 ކޭސް ރިޕޯޓް ކޮށްފައިވެއެވެ.

އެޗްޕީއޭއިން ބުނީ، ޑެންގޫ ހުން އިތުރުވެފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ކ، ހއ އަދި ބ އަތޮޅުގައި ކަމަށެވެ. މީގެއިތުރުން ވައިރަލް ހުން އިތުރުވެފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ކ އަދި ބ އަތޮޅުގައި ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

އިތުރަށް އެޗްޕީއޭއިން ބުނީ ބޭރަށް ހިންގުން ވެސް އެޕްރީލް މަހާއި އަޅާބަލާއިރު، މޭ މަހު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އެ ބަލި އިތުރުވެފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ކ އަތޮޅާއި ފުވައްމުލަށް ސިޓީގައި ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ޑެންގޫ ހުން ފަދަ މަދިރީގެ ޒަރީއާއިން ބަލިތައް ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ބަލި ފެތުރުން ކޮންޓްރޯލްކޮށް، ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އަންނަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!