ޚަބަރު

މިނިސްޓަރު ޝިދާތާގެ މައްސަލައެއް އޭސީސީ އަށް

ދެން އެމްވީ ، ދެން އޮންލައިން

ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފްގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް (އޭސީސީ) ހުށަހަޅައިފިއެވެ.

Ads by MWSC

އަމިއްލަ ފަރާތަކުން މިނިސްޓަރު ޝިދާތާއާ ގުޅޭގޮތުން އޭސީސީ އަށް ހުށަހަޅާފައިވަނީ އަމިއްލަފުޅު ދަތުރެއްގައި އާއިލާއާއި އެކު މެލޭޝިޔާއަށް ވަޑައިގެން، އެ ޤައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި އޮންނަ ދައުލަތުގެ ކާރު ބޭނުން ކުރެއްވި މައްސަލައެކެވެ.

އޭސީސީން ބުނީ އެ މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ސަރުކާރުގެ އެއްވެސް އެއްޗެއް އެއްވެސް ފަރާތެއްގެ އަމިއްލަ ފައިދާއަށް، ސަރުކާރުގެ ގަވާއިދާ ޚިލާފަށް ބޭނުންކުރުމަކީ ކޮރަޕްޝަން ހުއްޓުވުުމުގެ ޤާނޫނުގެ ދަށުން މަނާކަމެކެވެ.

އޭސީސީން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެކުނު މަހާސިންތާގައި ބައިވެރިވުމަށް ގއ. ވިލިނގިއްޔަށް ކުރެއްވި ދަތުރުފުޅެއްގެ މައްސަލައެއް ވެސް ބަލަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!