ޚަބަރު

ޕީއެސްއެމްއާ ގުޅޭ ގޮތުން ދޮގު ހަބަރު ފެތުރިކަމަށް ބުނާ މައްސަލައެއް އެމްއެމްސީއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އޮންލައިން ނޫސް "އަދަދު" އިން ދައުލަތުގެ މީޑިއާ، ޕީއެސްއެމްއާ ގުޅޭ ގޮތުން ދޮގު ހަބަރު ފެތުރިކަމަށް ބުނާ މައްސަލައެއް މީޑިއާ ކައުންސިލަށް ހުށަހަޅައިފި އެވެ.

Ads by Hajj Corporation

ޕީއެސްއެމުން ތުހުމަތުކޮށްފައިވާ ގޮތުން އެ ޗެނަލްއާ ގުޅޭ ގޮތުން ދޮގު ވާހަކަ ގެނެސްދީފައިވަނީ އިއްޔެ އަދަދު ނޫހުން "މޯދީ ހުވާ ކުރައްވާ ރަސްމިއްޔާތު ޕީއެސްއެމްއިން ލައިވް ކުރަނީ" ސުރުހީގެ ދަށުން ލިޔެފައިވާ ހަބަރުގައި އެވެ.

މިރޭ ޕީއެސްއެމުން ނެރުނު ބަޔާނެއްގައި ބުނީ، އެއީ ދޮގު ހަބަރެއް ކަމަށެވެ. އަދި އެ ރަސްމިއްޔާތު ލައިވްކުރަން ނިންމާފައިނުވާ ކަމަށެވެ.

"އަދި މި ކުންފުނިން އެއްވެސް އިރެއްގައި މިރަސްމިއްޔާތު ލައިވް ކުރަން ނިންމާފައެއް ނުވެއެވެ"

އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ބޭރަށް ކުރައްވާ ދަތުރުފުޅުތައް ކަވަރުކުރާގޮތަށް ޕީއެސްއެމްގެ ޗެނަލްތަކުން ލައިވްކުރާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"އަދަދު ނޫހުން ތަކުރާރުކޮށް ޕަބްލިކް ސާވީސް މީޑިއާ އާއި ގުޅޭ ގޮތުން ދޮގު ހަބަރު ޝާއިއުކޮށްފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން" ޕީއެސްއެމްގެ ބަޔާން ނިންމާލަމުން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!