ޚަބަރު

އެސްޓީއޯ ޔޫރޯ ފޯރި ޕްރޮމޯޝަނުން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

އެސްޓީއޯ ޔޫރޯ ފޯރި ޕްރޮމޯޝަންގައި ބައިވެރި ވެގެން އަގުހުރި އެތައް އިނާމެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

Ads by MWSC

ޕްރޮމޯޝަންގެ މުއްދަތަކީ މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މައި ފިހާރަ އަދި އަތޮޅު ތެރޭގެ ފިހާރަތަކުގަ އެވެ.

މި ޕްރޮމޯޝަންގައި %15 އާ ހަމައަށް ޑިސްކައުންޓް ދޭނެ އެވެ.  ޕްރޮމޯޝަންގައި ހިމެނޭ އުފެއްދުންތަކަކީ ފިލިޕްސް ބްރޭންޑްގެ ޓީވީ, ހޯމް ތިއޭޓާ ސިސްޓަމް, އަދި ހެޑްފޯން. މީގެ އިތުރުން ބޮކްސްލައިޓް ބްރޭންޑްގެ ޕްރޮޖެކްޓާ އެވެ.

ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި ގުރުއަތުން ހޮވޭ ފަރާތަކަށް 50,000ރ (ބައި ލައްކަ ރުފިޔާ) ގެ އިނާމު ލިބޭނެ އެވެ.

ކޮންމެ މެޗެއްގެ ނަތީޖާ ދިމާ ކުރުމުގެ ފުރުސަތު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފޭސްބުކް ޕޭޖްގައި ހުޅުވާލާނެ އެވެ.

ގްރޫޕް ސްޓޭޖުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް ކަނޑައަޅާފައިވާ އިނާމަކީ ހޯމް ތިއޭޓާ ސިސްޓަމެކެވެ. ދެވަނަ ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް 32 އިންޗީގެ ޓީވީއަކާއި ހޯމް ތިއޭޓާ ސިސްޓަމެއް ލިބޭނެ އެވެ. ކުއާޓާ ފައިނަލުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް 43 އިންޗީގެ ޓީވީއަކާއި ހޯމް ތިއޭޓާ ސިސްޓަމެކެވެ. ފައިނަލް މެޗްގެ ނަތީޖާ ދިމާކުރާ ފަރާތަކަށް 65 އިންޗީގެ ޓީވީއެކެވެ.

ކޮންމެ ބުރެއްގައި ވެސް ޕޮއިންޓް އެއްވަރު ވެއްޖެނަމަ އިނާމު ލިބޭ ފަރާތް ހޮވާނީ ގުރުއަތުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!