ޚަބަރު

ދެ ދުވަސްތެރޭގައި މާލެއިން ހަތަރު ފުރޮޅުލީ 163 އުޅަނދު ޓޯ ކޮށްފި

އައިކާ ޔުނާން ، ދެން އޮންލައިން

މާލޭ މަގުމަތީގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި ހަތަރު ފުރޮޅުލީ 163 އުޅަނދެއް މިދިޔަ ދެ ދުވަސް ތެރޭގައި ފުލުހުން ޓޯ ކޮށްފި އެވެ.

Ads by Hajj Corporation

ފުލުހުން މިއަދު ބުނީ, މާލޭ މަގުތަކުގައި އާންމު ދަތުރުފަތުރަށް ދަތިވާ ގޮތަށް ޕާކު ކޮށްފައި ހުރި ހަތަރު ފުރޮޅުލީ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް މިދިޔަ ދެ ދުވަހު ފުލުހުން ކުރިއަށް ގެންދާ ކަމަށެވެ.

މިގޮތުން ބޮޑުތަކުރުފާނު މަގު ކަޅުތުއްކަލާ ކޮއްޓާ ހިސާބުން ފަތާ ޓްރެކް ސަރަހަައްދާ ހަމައަށް ގަވައިދާ ހިލާފަށް ޕާކު ކޮށްފައިވާ 84 އުޅަނދު ޓޯ ކޮށް މި ސަރަހައްދުގެ މަގު ހުސްކޮށްފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން އަމީނީ މަގު ދަރުބާރުއާ ހިސާބުން ފެށިގެން ބޮޑުތަކުރުފާނު މަގު އައިޖީއެމްއެޗްއާ ހަމައަށް އަދި ސެނަހިޔާ ކުރިމަތިން ފެށިގެން މާގިރި ހޮޓެލާ ހަމައަށް ޕާކު ކޮށްފައި ހުރި 79 އުޅަނދެއް ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ މި 79 އުޅަނދުގެ ތެރޭގައި އިއްޒުއްދީން މަގުން ޓޯ ކުރި ރެޖިސްޓްރީ ނުކުރާ އުޅަނދެއް ވެސް ހިމެނޭ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!