ޚަބަރު

މާލޭ ސަރަހައްދުގައި ސިލްސިލާ މާރާމާރީތަކެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފުލުހުން ރަޔަޓް ގިޔަރުގައި/ ފޮޓޯ: ދެން

ރެއާއި މިއަދު މާލޭގައި މާރާމާރީތަކެއް ހިނގަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by STELCO

ރޭ މާލޭގައި މާރާމާރީއެއް ހިނގާފައިވާއިރު, ފަތިހާއި މިއަދު މެންދުރު ވެސް މާރާމާރީއެއް ވަނީ ރިޕޯޓްކޮށްފައެވެ. މި މާރާމާރީތަކުގައި ގުޅުމެއް އޮތްކަން މިހާތަނަށް އެނގިފައެއް ނުވެއެވެ.

ރޭ މާރާމާރީ ހިނގާފައިވަނީ ދަރުބާރުގެ ކައިރީގައެވެ. އެ މައްސަލައިގައި މިހާތަނަށް ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ.

އޭގެ އިތުރުން ފުލުހުން ބުނީ ފަތިހު 4:00 ހާއިރު ހުޅުމާލޭ ފިލިގަސް މަގުގައި މާރާމާރީއެއް ހިންގައިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައުލޫމާތު ލިބިގެން އެތަނަށް ފުލުހުން ދިއުމުން މާރާމާރީ ހިންގި މީހާ، އެ ހިސާބުގައި އޮތް ކާރަކަށް އަރައިގެން ފިލަން މަސައްކަތްކުރި ކަމަށާއި ފުލުހުން އެ ކާރު ހުއްޓުވަން މަސައްކަތްކުރުމުން ފުލުހެއްގެ ގައިގައި ޖައްސާފައި ކާރު ފިލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން އެކަކު ވަނީ ހޯދައި ހައްޔަރުކޮށްފަ އެވެ. އަނެއް މީހާ ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ.

ފުލުހުން ބުނީ އެ މާރާމާރީގައި އަނިޔާވި މީހާ އާއި ފުލުސް މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

މިއަދު މެންދުރު 12:45 ހާއިރު މާލޭގެ ޝަހީދު އަލީ މިސްކިތް ސަރަހައްދުގައި ވެސް ވަނީ މާރާމާރީއެއް ހިންގައިފަ އެވެ. ފުލުހުން ބުނީ އެ މާރާމާރީގައި ދެ މީހަކު ޒަހަމްވެގެން އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!