އީދު ދުވަސް ފާހަގަކުރާއިރު ދައްކުވައިދެނީ އެކުވެރިކަން: މޯދީ
އީދު ދުވަހު ހަނދާނަށް ގެނެސްދެނީ އެންމެން އުންމީދުކުރާ ސުލްހަވެރި އަދި އެންމެހާ ފަރާތްތަކެއް ހިމެނޭ ދުނިޔެއެއް ބިނާކުރުމުގައި ބޭނުންތެރި އެކުވެރިކަމާ އެއްބައިވަންތަކަން ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިފަދައިން ވިދާޅުވީ، ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށާއި، ދިވެހި ރައްޔިތުންނަށް އީދުގެ ތަހުނިޔާކިޔާ ފޮނުއްވި މެސެޖުގައެވެ.
އިތުރަށް މޯދީ ވިދާޅުވީ، މިއީ އިންޑިއާގައި އޮތް މަލްޓި ކަލްޗަރަލް ހެރިޓޭޖްގެ ތެރެއިން ފޯރިއާއި އުފާވެރިކަމާއެކު ފާހަގަކުރެވޭ ދުވަހެއް ކަމަށެވެ.
ރާއްޖޭގައި އީދު ފާހަގަކުރަމުންދާއިރު، އަންނަ ހުކުރު ދުވަހާ ހަމަޔަށް ދިގުދެމިގެންދާ ހަރަކާތްތައް ގްރޭޓާ މާލޭގެ ތިން އަވަށްކަމަށްވާ، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ބާއްވާނެއެވެ.
އީދު ހަރަކާތްތައް ރޭވިފައިވާ ގޮތް
ވިލިމާލެ
- މިރޭ 8:30 ގައި އީދު ބަޑި އަދި އީދު ބޮޑުބެރު ޝޯ އެއް
- މާދަން ހެނދުނު 8:30 ގައި އީދު ސައި، 10:30 ގައި އީދު ކުޅިވަރު
- ހަވީރު 4:30 ގައި ކޯޑި ނެރުން
- އަންނަ ހޯމަ ދުވަހު ސަގާފީ ކުޅިވަރު
- އަންގާރަ ދުވަހު ކުޑަކުދިންގެ ހަވީރެއް
- ބުދަ ދުވަހު ބޮޑު ބެރު ޝޯއަކާއި ދަފިނެގުން
- ބުރާސްފަތި ދުވަހުގެ ރޭގަނޑު ބޮޑުމަސް ނެރޭނެ އަދި މާލި ޕެރޭޑެއް
- ހުކުރު ދުވަހު އީދު ޝޯއާއި އެކު ހަވާއަރުވާނެ
މާލެ
- މާދަމާ ހަވީރު 4 އިން 6 އަކަށް އާޓިފިޝަލް ބީޗުގައި އީދު މަޖާ އޮންނާނެ
- ރޭގަނޑު ސޯޝަލް ސެންޓަރުގައި އީދު ޝޯއެއް
ހުޅުމާލެ
- މިރޭ ވެެދުމަށް ދިއުމާއި އިތުރު ހަރަކާތްތައް އޮންނާނެ
- މާދަމާ ކުޑަކުދިންގެ ހަވީރެއް އޮންނާނެ؛ އަދި ރޭގަނޑު ބޮޑު މަސް ބޭނުމާއި ހަވާ އެރުވުން އޮންނާނެ
- އަންނަ ހޯމަ ދުވަހު ކޯޑި ކެނޑުމާއި ކުޑަކުދިންގެ ހަވީރެއްގެ އިތުރުން ދިރާގު އީދު ޝޯއެއް އޮންނާނެ