އުރީދޫ ކަސްޓަމަރުން ޕެކޭޖް އަޕްގްރޭޑް ކޮށްލައިގެން ލާމަށް ދިއުމުގެ ފުރުސަތު!

އުރީދޫ ކަސްޓަމަރުން ޕެކޭޖް އަޕްގްރޭޑް ކޮށްލައިގެން ލ. އަތޮޅުގައި ބާއްވާ އުރީދޫ ފަން ރަންގައި ބައިވެރިވެ، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކުރީގެ ތަރި އަދި ނައިޖީރިއާގެ ގައުމީ ޓީމުގެ އައިކަން، ފުޓްބޯޅަ ލެޖެންޑް ޖޭޖޭ އޮކޯޗާއާ ބައްދަލުކުރުމުގެ ފުރުސަތު ލިބިގެންދާ ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އުރީދޫއިން ބުނީ، މިހާރު އުރީދޫ ބޭނުންކުރަމުންދާ ކަސްޓަމަރުން މާދަމާގެ ކުރިން ބޭނުންކުރަމުންދާ ޕެކޭޖް އަޕްގްރޭޑް ކުރާ ފަރާތްތަކަށް މި ލަކީ ޑްރޯގެ އޮޓޮމެޓިކުން ބައިވެރި ވެވޭނެ ކަމަށެވެ. މި ޕްރޮމޯޝަން ކުރިއަށް ދާ މުއްދަތުގައި އުރީދޫ މޯލްޑިވްސް އާ އަލަށް ގުޅޭ ކޮންމެ ކަސްޓަމަރަކަށްވެސް ލަކީ ޑްރޯގައި އޮޓަމެޓިކުން ބައިވެރިވެވޭނެއެވެ.
ގުރުވަތުން ހޮވޭ ދެ ނަސީބުވެރިންނަށް އުރީދޫ ފަން ރަންގައި ބައިވެރިވެ، ޖޭޖޭ އޮކޯޗާއާ ބައްދަލުކުރުމަށް ލާމު އަތޮޅަށް ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށްވެއެވެ. މި ދަތުރުގެ ހުރިހާ ހަރަދެއް އުރީދޫއިން ހަމަޖައްސާނެ ކަމަށް ވެސް އުރީދޫއިން ބުނެއެވެ.
އުރީދޫއިން ބުނީ، މޯބައިލް އަދި ސުޕާނެޓްގެ ޕެކޭޖްތައް އަޕްގްރޭޑް ކޮށްގެން ވެސް މި ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކަމަށެވެ.