ޚަބަރު

ސޯޝަލް މީޑިއާގައި ކަމަދޫ އަންހެން ކުދިންނާ "ފޮށޭތީ" އާޒިމާ ނުރުހިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ކުރީގެ ބަންޑާރަނައިބް އާޒިމާ ޝަކޫރް/ފޮޓޯ: ދެން

އަޝްހާ އީދު ފާހަގަކުރަން ބ. ކަމަދޫގައި ބާއްވަމުން އަންނަ ހަރަކާތްތަކުގައި ބައިވެރިވާ އަންހެން ކުދިންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުކުރުވާތީވެ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކުރޫ ނުރުހުން ފާޅުކޮށްފި އެވެ.

Ads by Hajj Corporation

ބޮޑު ސަމާލުކަމެއް ލިބި މުޅި ސޯޝަލް މީޑިއާގައީ ކަމަދޫ ވަނީ "ވައިރަލް" ވެފަ އެވެ. މި އީދުގައި އެ ރަށުން އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ ފިރިހެނުންނާއި އަންހެނުންވެގެން ބޭއްވި ދަފި ނެގުމުގެ ހަރަކާތަށެވެ. މީގެ ބައެއް ހަރަކާތްތަކުގައި ބައިވެރިވި އަންހެނުންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުކުރުވަން ފަށާފައިރު އެކަމާއި ގުޅުވައި އާޒިމާ ވަނީ ފޭސްބުކް ގައި ދިގު ސްޓޭޓަސް އެއް ލިޔެފައި އެވެ.

"އެ ކުދިން ހުނި ހަޖާ ލައިގެން، ފޮޓޯ ޝެއާކޮށްފައި އެކި ފާޑުގެ ސްޓޭޓަސް ޖަހާއިރު އެ ކުދިން ކުރި ކަމަކީ ރީތިވުމެވެ. އަންހެނުންނަށްވުމެވެ. މީ ފޮށުން ނޫން ކޮން ކަމެއް ހެއްޔެވެ. އޮބްޖެކްޓިފައި ކުރުން ނޫން ކޮން ކަމެއް ހެއްޔެވެ" - އާޒިމާ

އާޒިމާ ވިދާޅުވި ގޮތުގައި ހަރުދަނާކަމަށް ހީކުރި ބައެއް މީހުންވެސް ދަނީ ސޯޝަލް މީޑިއާގައި އެފަދަ ސްޓޭޓަސް ޖަހަމުންނެވެ.

ރީތިވީމަ، ނޫނީ ނަށަން ނިކުތީމަ ފޮށެވެނީއޭ ބުނާށެވެ. ރޭޕް ކުރަނީ ރޭގަނޑު ބޭރަށް ދާތީ އޭ ވެސް ބުނަނީތާ އޭ.

އެއަަށް ފަހު އާޒިމާ ވިދާޅުވީ ދިވެހިން ބޭނުންވަނީ ސިންގަޕޫރާ ޖަޕާނާ އެއް ފެންވަރަށް ރާއްޖެ ތަރައްގީ ކުރަން ކަމަށެވެ. އެކަމަކު ފެންނަނީ ސިކުނޑީގައި ތަހުޒީބު ކަމެއް ވިސްނުމެއް އަހުލާގެއް ނެތްކަން ކަމަށް ޕޯސްޓު ނިންމާލަމުން އާޒިމާ ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!