ޚަބަރު

ފަސް ރަށެއްގެ މަގު ހެދުމަށްޓަކައި އީއައިއޭ ހަދަން ބޭރުގެ ކުންފުންޏަކަށް

ފަސް ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ފެށުމަށްޓަކައި އެންވަޔަރުމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދަން ކުވެއިތުގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ހަފްލާއެއްގައި އެ މަސައްކަތް ހަވާލުކުރީ ކުވެއިތުގެ އަލް ހަބީޝް އިންޖިނިއަރިން ކޮންސަލްޓެންޓްސް އޮފީހާ އެވެ.

މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. ކުވެއިތު ކުންފުނިން ސޮއި ކުރެއްވީ ކަންޓްރީ ޑިރެކްޓަރު އަބްދުލް ރައްޒާގު އިދްރީސް އެވެ.

އީއައިއޭ ހާ ފަސް ރަށަކީ ހއ. ކެލާ އާއި ރ. އަލިފުއްޓާއި ރ. ހުޅުދުއްފާރާއި މ. މުލީގެ އިިތުރުން ލ. ގަން އަދި ތ. ގުރައިދޫއެވެ. މި ފަސް ރަށުގެ އީއައިއޭ ހެދުމަށް ކަނޑައަޅާފައި ވަނީ 3.1 މިލިއަން ރުފިޔާ އެވެ. އެ މަސައްކަތް ނިންމަން ޖެހެނީ ހަތަރު މަސް ދުވަހުންނެވެ.

އަލް ހަބީޝް ކުންފުންޏާ ހަވާލު ކޮށްފައިވާ މަސައްކަތުގެ ތެރޭގައި މަގު ހެދުމުގެ މަޝްރޫއަށް ބޭނުންވާ ސާވޭ އާއި ޑީޓެއިލް ޑިޒައިން އަދި އީއައިއޭ ހެދުން ހިމެނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!