Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ސަރުކާރުގެ އެހީގައި ގައުމަށް ފޮނުވައިދެނީ

ވިސާއާއި ޓްރެވެލް ޑޮކިއުމަންޓް ނެތި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން، ސަރުކާރުގެ ހަރަދުގައި އެ ފަރާތްތަކުންގެ ގައުމުތަކަށް ފޮނުވައިދިނުމަށް ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީއިން މިއަދު ބުނެފައިވަނީ ރާއްޖެއިން އަނބުރާ އެބައެއްގެ ގައުމަށް ދާން ބޭނުންވާ ބިދޭސީންގެ ތެރެއިން ސައްހަ ޓްރެވެލް ޑޮކިއުމެންޓް ނެތް ފަރާތްތަކަށް، އެ ގައުމެއްގެ އެމްބަސީ ނުވަތަ ހައި ކޮމިޝަނާ ގުޅިގެން ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އެ ބިދޭސީންގެ ގައުމަށް އަނބުރާ ދިޔުމަށް ހޭދަވާނެ ހަރަދުތަކުގެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

Advertisement
HDC — Sidebar (box)

މިނިސްޓްރީއިން ބުނެފައިވަނީ ޓްރެވެލް ޑޮކިއުމެންޓް އިޝޫކުރަން ބޭނުންވާ ފަރާތްތަކުން ނަމާއި އައިޑެންޓިފިކޭޝަން ނަމްބަރު ނުވަތަ ޕާސްޕޯޓު ނަމްބަރު ޖެހުމަށްފަހު 7205648 އަށް މެސެޖުކުރުމަށެވެ. އެގޮތުން އެ މަސައްކަތްކުރުމަށް ބޭނުންވާނީ ހަމައެކަނި ޓެކްސްޓް މެސެޖެއް ކުރަން ކަމަށް މިނިސްޓްރީއިން ބުންޏެވެ.

ލިޔެކިޔުންތައް ހަމަކުރުމަށްޓަކައި މިނިސްޓްރީއިން އެ ފަރާތްތަކަށް ގުޅާނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި އެ ކަމުގައި އޮފީސް ބޭރަށް އެއް ނުވުމަށްވެސް މިނިސްޓްރީއިން އިލްތިމާސްކޮށްފައިވެއެވެ.

މިނިސްޓްރީއިން ބުނެފައިވަނީ ވިސާ އާއި އިތުރު ލިޔެކިޔުން ނެތް ވަރަށް ގިނަ ބިދޭސީން ރާއްޖޭގައި އުޅޭ ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކަށް އެ ބައެއްގެ ގައުމަށް އަނބުރާ ދިޔުމުގެ ފުރުސަތު ފަހި ކޮށްދިނުމަށްޓަކައި އެ ހިދުމަތް ފޯރުކޮށްދެމުން ގެންދާ ކަމަށް މިނިސްޓްރީއިން ބުންޏެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް