ޚަބަރު

ދެ ރިސޯޓަކުން ކޮވިޑް-19ގެ އަލާމާތްތައް ހުރި ދެ ދިވެއްސެއް ޓެސްޓު ކުރަނީ

ސެންޓާރާ ގްރޭންޑް އަދި އަދާރަން ކުލަބް ރަންނާޅި ރިސޯޓުން ކޮވިޑް19 އަށް ޝައްކު ކުރެވޭ ދެ ދިވެއްސެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން، ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އަދާރަން ކުލަބް ރަންނާޅި ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސެންތާރާ ގްރޭންޑް ރިސޯޓުންވެސް ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދާ ކަމަށެވެ. އަދި ޓެސްޓްގެ ނަތީޖާ ލިބެންދެން މި ދެރިސޯޓުވެސް ވަނީ މޮނިޓަރިންގް ގެ ހާލަތުގައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 13 މީހަކު ވަނީ ފައްސިވެފައެވެ. ނަމަވެސް އޭގެތެރެއިން ސޭންޑީޒް ބަތަލާގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ދެމަފިރިން މިހާރު އެ ބަލިން ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ރޭ ވަނީ ހާމަކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!