މީދޫ މިސްކިތެއްގައި ޓިކްޓޮކް ކުޅުނު މައްސަލައެއް ބަލަނީ

މިސްކިތެއްގައި ޓިކްޓޮކް ކުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
މިރޭ މިޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ރ މީދޫ މިސްކިތެއްގައި ޓިކްޓޮކް ކުޅުނު މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފުލުހުން ބުނީ މިސްކިތުގައި ޓިކޮޓޮކް ކުޅެފައިވަނީ އީދު ޝޯ ދޭން ގޮސް އެ ރަށަށް ގޮސް ތިބި ގްރޫޕެއްގެ އަންހެނެއް ކަމަށެވެ.
ޓިކްޓޮކްގައި އާއްމުވި ވީޑިއޯގެ ސްކްރީން ޝޮޓެއް

ޓިކޮޓޮކް ގައި އާއްމުކޮށްފައިވާ ވީޑިއޯއެއްގައި ފެންނަނީ އަންހެނަކު ބަނޑިޔާ ހިފައިން މިސްކިތުގެ ތެރޭގައި ހިނގަމުންދާ މަންޒަރެވެ. އެއަށް ފަހު މިސްކިތުގެ ނަމާދުކުރާ ތަނުގައި އެ އަންހެން މީހާ މާބޮޑިއެއް ހިފައިގެން ނަށާ މަންޒަރުވެސް ފެނެ އެވެ.
އެ ވީޑިއޯއިން ފިރިހެނަކުވެސް ފެނެ އެވެ. މިހާރު އެ ވީޑިއޯ ވަނީ ޑިލީޓްކޮށްފަ އެވެ.