ޚަބަރު

ފުލުހެއްގެ ގައިގައި ކާރަކުން ޖެއްސުމަށް ފަހު ފިލި މީހާގެ ބަންދަށް 10 ދުވަސް

އައިކާ ޔުނާން ، ދެން އޮންލައިން

ފުލުހެއްގެ ގައިގައި ކާރަކުން ޖެއްސުމަށްފަހު ފިލައިގެން އުޅުނު މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

Ads by Sosun Fihaara

ހުޅުމާލެ 1 ގައި ފަތިސް ގަޑީގައި މާރާމާރީއެއް ހިންގައިގެން އުޅޭ ކަމަށް ރިޕޯޓުކުރުމުން، އެ ސަރަހައްދަށް ފުލުހުން ދިއުމުން ދެ މީހަކު ކާރަކަށް އަރައި ފިލައިގެން ދާން އުޅުނު މީހަކު ވަނީ ހޯދައި ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ވެސް އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މައްސަލައިގައި އެ ދުވަހު ފުރަތަމަ މީހާ ހައްޔަރުކޮށް ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފަ އެވެ. އިއްޔެ ހައްޔަރުކުރި މީހާގެ ބަންދަށް ޖަހާފައިވަނީ 10 ދުވަހެވެ.

މި މާރާމާރީގައި އަނިޔާވި މީހާއާއި ކާރުން ޖެއްސި ފުލުސް މީހައަށް ވެސް ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!