ޚަބަރު

ފައިސާ ޗާޕުނުކޮށް ދަރަނީގެ ގޮތުގައި 13 ބިލިއަން ރުފިޔާ ދައްކައިފިން: ރައީސް

އަލީ ސަމާޙް ، ދެން އޮންލައިން

ފައިސާ ޗާޕުނުކޮށް ދަރަނީގެ ގޮތުގައި 13 ބިލިއަނެއްހާ ރުފިޔާ ދައްކާފައިވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

Ads by STELCO

ވެރިކަން ކުރާ ޕީއެންސީގެ ޖަހަގަ ހުޅުވުމަށް މިރޭ ބޭއްވ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ, އެމަނިކުފާނުގެ ވެރިކަމުގެ އެންމެ މުހިންމު އެއް ވައުދަކީ ފައިސާ ޗާޕު ކުރުން ހުއްޓާލުން ކަމަށެވެ.

ސަރުކާރަށް މިވީ ހަތް މަހާއި ފަސް ދުވަހުގެ ތެރޭގައި އެކަން ނުކުރައްވާ ކަމަށާއި, ފައިސާ ޗާޕު ނުކޮށް, ދަރަނި ދައްކަމުން ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެންމެ މުހިންމު ވައުދަކަށްވީ ފައިސާ ޗާޕު ނުކުރާނަމޭ, މި ވޭތުވެތި ހަތް މަހާއި ފަސް ދުވަހުގެ ތެރޭގައި ތަރައްޤީގެ މަޝްރޫއުތައް ކުރިޔަށް ގެންދަމުން ލޯނު ދައްކަމުން މިދިޔައީ އެކަން ނުކޮށް," ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ, ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއް ކުރިމަތީގައި އޮއްވާ, އެމަނިކުފާނުގެ ސަރުކާރުގެ ވައުދާ އެއްގޮތަށް ފައިސާ ޗާޕު ކުރުން ހުއްޓާލި ކަމަށާއި ކުރީ ސަރުކާރު ނެގި "ޝޯޓްކަޓް"ގެ ބަދަލުގައި މި ސަރުކާރުން އިހްތިޔާރު ކުރީ އިހްލާސްތެރިކަން ކަމަށެވެ.

މިދިޔަ ސަރުކާރުން ރާއްޖޭގައި އޭގެ ކުރީގެ 40 އަހަރު ނުކުރާ ވަރަށް ފައިސާ ޗާޕް ކުރި, އަޅުގަނޑުމެންނަށް ވެސް އެކަން ގޮތަށް ކުރެވުނީސް, އެއީ ފަސޭހަ ގޮތް, އެއީ ޝޯޓްކަޓެއް. އެކަމަކު އެއީ އިހްލާސްތެރި މަގެއް ނުން" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ, މިސަރުކާރު މިހާތަނަށް ހިންގާފައިވަނީ އިންޓްރެސްޓް ބޮޑު ލޯނުތައް ނެގުމާއި ފައިސާ ޗާޕް ކުރުން ފަދަ ކަންކަން ނުކޮށް ކަމަށާއި, ނަމަވެސް ތަރައްްގީގެ ކަންކަމުގައި ރާއްޖެ މިދަނީ ބާރަށް ކުރިޔަށް ކަމަށެވެ.

އެގޮތުން މި ސަރުކާރާ ހަވާލުވިއިރު ކުންފުނިތަކަށް ދައްކަން ޖެހޭ 9 ބިލިއަން, ސަރުކާރު އެސްއޯއީތަަކަށް ދައްކަން ޖެހޭ 7 ބިލިޔަން, ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ 2.7 ބިލިޔަނާއެކު ޖުމަލް 13 ބިލިޔަން ދަރަނީގެ ގޮތުގައި ދައްކާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!