ޚަބަރު ސިޔާސީ

ކުއްލި މައްސަލަ ހުށަހަޅަން ނުދެވުނީ މެމްބަރު އާލާސްކަންފުޅާ އުޅުއްވާތީ

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
އެމްޑީޕީ ޕީޖީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މަޖިލީސް

މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ހޯދައިދިނުމަށްޓަކައި މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުށަހަޅަން އުޅުނު ކުއްލި މައްސަލަ ހުށަނޭޅުނީ އެ މައްސަލަ ހުށަހެޅުއްވި މެމްބަރު އާލާކަންފުޅާ އުޅުއްވާތީ ކަމަށް ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

Ads by STELCO

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން އިއްުޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީން ވަނީ މަސްވެރިންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ހޯދާދިނުމަށްޓަކައި މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުމުގެ މަޝްވަރާކުރަމުންދާކަން ހާމަކޮށްފަ އެވެ. އެހެންނަމަވެސް އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވި މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ މިއަދު ތަޅުމަށް ވަޑައިނުގަންނަވާތީ އެ މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ.

މިކަމާ ގުޅިގެން މައުރޫފް މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މަޖިލީހަށް ވަޑައިނުގެންނެވުނީ ކުރިމަތިވި ކުއްލި އާލާސްކަންފުޅަކާ ގުޅިގެން ހޮސްޕިޓަލަށް ވަޑައިގަންނަވަން ޖެހުމުން ކަމަށެވެ.

"އެމްޑީޕީ ޕީޖީ ގެ ފަރާތުން މަސްވެރިންގެ ކަންބޮޑުވުންތަކާއި ގުޅިގެން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ކުރިއަށް ނުގެންދެވުނީ, އެ މައްސަލަ ހުށަހެޅި މެމްބަރު ގެ ކުއްލި އާލާސްކަންފުޅަކާއި ގުޅިގެން ހޮސްޕިޓަލަށް ދާންޖެހުމާއިގުޅިގެން ކަމުގައި ދަންނަވަން!" މައުރޫފް ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!