ޚަބަރު

ސެނިޓައިޒާ ފުޅި ވަގަށް ނުނަގަބަލަ! ތީ އެންމެންގެ ބޭނުމަށް ހުރި އެއްޗެއް!

ދެން އެމްވީ ، ދެން އޮންލައިން

ފެތުރެމުންދާ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ޑޮކްޓަރުން ދެއްވާ އިރުޝާދަކީ މިއީއެވެ. އިޖުތިމާޢީ ގައިދުރުކަން އިސްކޮށް ގިނަގިނައިން އަތް ދޮންނާށެވެ.

މިއިރުޝާދަށް ތަބާވެ ވަރަށް ގިނަ އޮފީސްތަކާއި ފިހާރަތަކާއި އެހެނިހެން ޚިދުމަތްދޭ ތަންތަނުގައި ވެސް ވަނީ އަތްދޮތުމަށް ފަސޭހަ ވާނެހެން ސެނިޓައިޒަރ ފުޅިތައް ބަހައްޓާފައެވެ. ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި ވެސް ކުރިއަށް ވުރެ ބޮޑަށް މިކަމަށް ސަމާލުކަން ދީ އެ ތަންތަނުގެ އެކި ހިސާބުތަކުގައި ފުޅިތައް ބަހައްޓާފައިވެއެވެ. އެފަދަ އެއް ތަނަކީ އޭޑީކޭ ހޮސްޕިޓަލެވެ.

ނަމަވެސް ހިތާމައަކީ މިފަދަ ދަނޑިވަޅުގައި ވެސް މިކަމުގެ ނާޖާއިޒު ފައިދާ ނަގާ މީހުން އުޅޭ ކަމެވެ. އޭޑީކޭގައި ހުރި ސެނިޓައިޒާ ފުޅިއެއް ވަގަށް ނަގައިގެން މީހަކު ދާ ވީޑިއޯ ހިއްސާ ކުރަމުން އެހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލްގެ އެކި ހިސާބުތަކުގައި ބަހައްޓާފައިހުރި ސެނިޓައިޒަރ ފުޅިތަކަކީ އެންމެންގެ ބޭނުމަށް ބަހައްޓާފައި ހުރި ފުޅިތަކެއް ކަމަށާއި ނަމަވެސް އެތައް ފަހަރަކު އެ ފުޅިތައް ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

ހެޔޮ ނުވާނެއެވެ! ސެނިޓައިޒަރ ފުޅި ލިބުން ދަތި ނަމަވެސް ދެން ވަގަށް ނުނަގަބަލާށެވެ. ހޭންޑް ވޮޝް ވެސް ގިނަ އަދަދަކަށް ފިހާރަތަކުގައި އެބަހުއްޓެވެ. އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުންނަ ތަކެތި ވަގަށް ނެގުމުން ގެއްލުން އެ ދެވެނީ ހަމައެކަނި އެ ހޮސްޕިޓަލަކަށް ނޫނެވެ. ހޮސްޕިޓަލަށް ޚިދުމަތް ހޯދަން ދާ އެންމެނަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!