އެކްސްގައި ދީނަށް ފުރައްސާރަކުރި މީހާއަށް އަދި ފިޔަވަޅެއް ނޭޅޭ!

އިސްމާލްދީނަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި މީހާ އަދި މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ދީނަށް ފުރައްސާރަކޮށް ސޯޝަލް މީޑީއާ ޕްލެޓްފޯމް 'އެކްސް'ގައި އާންމުކޮށްފައިވާ ޕޯސްޓެއް ފުލުހުންގެ ސަމާލުކަމަށް އައިސް އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ ޕޯސްޓު ކޮށްފައިވަނީ ހަޖަރުލް އަސްވަދުގައި ބޮސްދޭ ދިނުމަށް އިޝާރާތްކޮށެވެ.
އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވޭތޯ ސުވާލުކުރުމުން ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.