ޚަބަރު ވިޔަފާރި

މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމްގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް

އަލީ ސަމާޙް ، ދެން އޮންލައިން

"މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް" ގެ އިންޝިއުރެންސް ޕާޓްނަރަކަށް އެލައިޑް އިންޝުއުރެންސް ހަމަޖައްސައިފި އެވެ.

Ads by STELCO

މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް އަކީ ރާއްޖޭގެ ކަނޑުގެ ސިނާއަތާއި ގުޅުންހުރި ފަރާތްތަކާއި އެކު ދެމެދު މުހިންމު މަޝްވަރާތަކެއް ކުރުމަށް އަހަރަކު އެއް ފަހަރު ބާއްވާ ބައްދަލުވުމެކެވެ. މީޑިއަމް އިވެންޓްސްއިން ރާވާ މިއިވެންޓްގެ އިންޝުއަރަންސް ޕާޓްނަރެއްގެ ގޮތުގައި މިއަހަރުވެސް ބައިވެރިވުމަށް އެލައިޑް އިންޝުއަރަންސުން ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން، ރާއްޖޭގެ ލީޑިން އިންޝުއާގެ ހައިސިއްޔަތުން ދާއިރާއަށް ދޭ އަހައްމިއަޔަތުގެ ތެރެއިން މިއަހަރުގެ މެރިން އިންޑަސްޓްރީ ފޯރަމްގެ ޕެނަލް ޑިސްކަޝަންގައިވެސް ބައިވެރިވުމަށް އެލައިޑުން ދަނީ ތައްޔާރުވަމުންނެވެ.

އެލައިޑުން ބުނީ ކުންފުނީގެ ފަރާތުން ޕެނަލްގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ އެލައިޑް އަންޑަރައިޓިން ޑިޕާޓްމަންޓްގެ ޑެޕިއުޓީ މެނޭޖާ ހުސެއިން ސަވާދު ކަމަށެވެ. ޕެނަލް ޑިސްކަޝަންގައި އެލައިޑުން އަލިއަޅުވާލާނެ މައިގަނޑު ބައިތަކުގެ ތެރޭގައި މެރިން އިންޑަސްޓްރީގެ ތެރޭގައި އެލައިޑުން އަދާކުރާ ދައުރާއި އިންޝުއަރަންސް މެދުވެރިކޮށް ދާއިރާގެ ހިދުމަތްތެރިންނަށް ރައްކާތެރިކަން ހޯދޭނެ ގޮތްތައް ހިމެނެ އެވެ. މީގެ އިތުރުން ބައިވެރިންގެ މެދުގައި އިންޝުއަރަންސްގެ ރޮނގުން ހުރި ސުވާލުތަކަށް ޖަވާބުދިނުންވެސް ހިމެނެ އެވެ.

އަންނަ ޖުލައި މަހުގެ 6 ވަނަ ދުވަހު މީރުމާ ހޯލުގައި ކުރިޔަށްގެންދާ މިއިވެންޓްގައި ސަރުކާރުގެ ކަމާބެހޭ އިސްވެރިންގެ އިތުރުން މިދާއިރާގެ އިސް ސަފުގައި މަސައްކަތް ކުރައްވާ އަމިއްލަ ފަރާތްތައް ބައިވެރިވެ، ހިޔާލު ބަދަލުކޮށް، ސިނާއަތުގައި ކުރިމަތިވާ މުހިންމު އަދި އަސާސީ ގޮންޖެހުންތައް ދެނެގަނެ، ހައްލު ހުށައަޅާ މިފަދަ މައްސަލަތަކާއި މެދު ހޭލުންތެރިކަން އިތުރުކުރުމަށް ވަނީ ނިންމާފައިވެ އެވެ.

ދާއިރާގައި މަސައްކަތްކުރާ އެހެނިހެން ފަރާތްތައް އެފޯރަމްގައި ބައިވެރިވާން އެދޭނަމަ އިވެންޓް ރަޖިސްޓްރޭޝަން (ލިންކް: https://www.mmif.mv/events/mmif24-1 ) ފުރިހަމަކޮށްލައިގެން އެފުރުސަތު ފަހިވާނެ ކަމުގައި މީޑިއަމްއިން މައުލޫމާތުދޭ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!