މިރޭ ފަރުކޮޅުފުށީގައި ހަވާއަރުވަނީ
މިރޭ، ފަރުކޮޅުފުށީގައި ހަވާއަރުވަން ނިންމާފައިވާ ކަމަށް ގައުމީ ދިފާއި ބާރު، އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފްގެ ރަސްމީ އެކައުންޓުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ މިރޭ ފަރުކޮޅުފުށީގައި އޮންނަ ޕްރައިވެޓް އިވެންޓެއްގައި ހަވާއަރުވަން ހަމަޖެހިފައިވާ ކަމަށެވެ. ހަވާއަރުވާނީ 22:30 ގަ އެވެ.
އެމްއެންޑީއެފުން ބުނީ ސިފައިންގެ ވިޔަފާރީ ކުންފުނި، ސިފްކޯއިން ވިޔަފާރީ އުސޫލުން ހަވާ އެރުވުން ކުރިއަށް ގެންދާނީ 3 މިނިޓަށް ކަމަށެވެ.
އެކި ކަހަލަ މުނާސަބަތުތައް ފާހަގަކުރަން ސިފައިންގެ ބެލުމުގެ ދަށުން ހަވާ އަރުވަ އެވެ. ނިމިދިޔަ އީދު ގައި ރާއްޖެ ގިނަ ރަށްތަކެއްގައިވެސް ހަވާ އަރުވާފައިވެ އެވެ.
Ads by HDC