ދުނިޔޭގައި ހުރި އެންމެ އުސް 05 އިމާރާތަކީ ކޮބައިކަން އެނގޭތަ؟

އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ނިސްބަތުން މާ ގިނަ އުސް އިމާރާތްތަކެއް ނެތް ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ދިގު އިމާރާތްތަކެއް އިމާރާތް ކޮށްފައި އެބަހުއްޓެވެ. އެ އިމާރާތްތަކަށް އަރައި ތިރި ބަލާލައިފި ނަމަ މީހަކު ބިރުވެސް ގަންނާނެ ކަން ޔަގީނެވެ. ތިރީގައި މި ހިއްސާ ކޮށްލަނީ ދުނިޔޭގެ އެންމެ އުސް 05 އިމާރާތުގެ މައުލޫމާތެވެ.
1. ބުރުޖު ޚަލީފާ
ދުނިޔޭގައި މިހާތަނަށް އިމާރާތް ކުރެވިފައިވާ އެންމެ އުސް އިމާރާތަކީ ބުރުޖު ޚަލީފާއެވެ، މި އިމާރާތަށް ބުރުޖު ދުބާއީ އޭ ވެސް ކިޔާ އުޅެއެވެ. މި އިމާރާތުގެ ދިގުމިނުގައި 828 މީޓަރު ހުންނަ ކަމަށްވެއެވެ. މި އިމާރާތުގެ މަސައްކަތް ކުުރުމަށް ޓަކައި ޖުމްލަ 4،000 މިލިއަން ޑޮލަރު ހޭދަކުރުމަށް ފުރަތަމަ ނިންމިއެވެ، ނަމަވެސް އިމާރާތް ނިމުނު އިރު މި އިމާރާތުގެ މަަސައްކަތް ނިންމާލުމަށް ޖުމްލަ 20،000 މިލިއަން ޑޮލަރު ހޭދަކުރިއެވެ. މި އިމާރާތް ހެދުމުގެ މަސައްކަތް ފެށީ 2004 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ، އަދި މި އިމާރާތް ރަސްމީ ކޮށް ހުޅުވާފައިވަނީ 2010 ވަނަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ،

2. ޝަންހާއި ޓަަވަރު
ޝަންހާއި ޓަވަރަކީ ދުނިޔޭގެ ދެވަނައަށް އެންމެ އުސް އިމާރާތެވެ. ޗައިނާ ގައި ހުރި އެންމެ އުސް އިމާރާތެވެ. މި ޓަވަރުގެ ދިގުމިނުގައި ޖުމްލަ 632 މީޓަރު ހުރެއެވެ. އަދި މި އިމާރާތުގައި ޖުމްލަ 128 ފަންގިފިލާ ހުންނަކަމަށް ވެއެވެ. މި އިމާރާތް ނިންމާލާފައި ވަނީ 2014 ވަނަ އަހަރުއެވެ. މި އިމާރާތުގެ އެންމެ އުހުގައި ވަނީ 562 އަކަމީޓަރުގެ ބޮޑުމިނެއް ހުންނަ އޮބްޒަވޭޝަން ޑެކެކެވެ. އަދި ދުނިޔޭގެ އެންމެ އަވަަހަށް ދަތުރު ކުރާ ލިފްޓު ވެސް ހުންނަނީ މި އިމާރާތުގައެވެ. އެގޮތުން ސިކުންތެއްގެ ތެރޭގައި މި ލިފްޓު 20.5 މީޓަރު ދަތުރު ކުރާ ކަމުގައި ވެއެވެ. މި އިމާރާތުގެ މަސައްކަތް ކުރުމަށް ޓަކައި ޖުމްލަ 3.14 ބިލިއަން ޑޮލަަރު ހަރަދު ވީ ކަމަށް ވެއެވެ.

3. މައްކާ ރޯޔަލް ކްލޮކް ޓަވަރު
މިއީ ދުނިޔޭގެ 3 ވަނަ އަށް އެންމެ އުސް އިމާރާތެވެ. މި އިމާރާތަށް އަބްރަޖް އަލް ބައިޓް ޓަވަރސް އޭ ވެސް ކިޔައި އުޅެއެވެ، މި އިމާރާތުގެ ދިގު މިނުގައި 601 މީޓަރު ހުންނަ ކަމުގައި ވެއެވެ، މި އިމާރާތުގެ މަސައްކަތް ނިންމާލުމަށް 10 އަހަރު ދުވަސް ހޭދަވިއެވެ. އެގޮތުން މި އިމާރާތުގެ މަސައްކަތް ކުރަން ފެށީ 2002 ވަނަ އަހަރުއެވެ. އަދި މަސައްކަތް ނިންމާލައިފައި ވަނީ 2012 ވަނަ އަހަރުގައެވެ. މި އިމާރާތުގައި ޖުމްލަ 120 ފަންގިފިލާ ހިމެނެއެވެ،

4. ޕިންގް އެން ފައިނޭންސް ސެންޓަރ
މިއީ ދުނިޔޭގެ 4 ވަނަ އަށް އެންމެ އުސް އިމާރާތެވެ. މި އިމާރާތުގައި ޖުމްލަ 115 ފަންގިފިލާ ހުންނަ ކަމަށްވެއެވެ. މި އިމާރާތް ހުންނަނީ ޗައިނާގެ ޝެންޒެން ގައެވެ، މި އިމާރާތުގެ ދިގުމިނުގައި ހުންނަނީ 599 މީޓަރެވެ.

5. ލޮޓޭ ވޯލްޑް ޓަަވަރު
މި ލިސްޓުގެ 5 ވަނައިގައި ވަނީ ސައުތު ކޮރެއާގައި ހުންނަ ލޮޓޭ ވޯލްޑް ޕްރިމިއަމް ޓަވަރެވެ، މި ޓަވަރުގެ ދިގުމިނުގައި 555 މީޓަރު ހުންނަައިރު މި ޓަވަރުގައި ހުންނަނީ 123 ފަންގިފިލާއެވެ. މި އިމާރާތުގެ މަސައްކަތް ކުރަން ފެށީ 2011 ވަނަ އަހަރުގައެވެ.އަދި މި އިމާރާތުގެ މަސައްކަތް ނިންމާލައިފައި ވަނީ 2017 ވަނަ އަހަރުގައެެވެ.
