އިމާރާތަކުން ވެއްޓި ބިދޭސީއަކަށް އަނިޔާ ވެއްޖެ

ހުޅުމާލޭގައި ހަދަމުން އަންނަ އިމާރާތަކުން ވެއްޓުނު ބިދޭސީއަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ގެ މީޑިއާ އޮފިޝަލު ބުނީ ހުޅުމާލޭގެ އިމާރާތެއްގެ ތިން ވަނަ ބުރީގެ ބޭރުގައި ސިމެންތި ޖެހުމުގެ ކުރިން ހޮޅިއެއް އުޅުނު ބިދޭސީއަކު ވެއްޓި އަނިޔާވެ، އެ މީހާއަށް ހުޅުމާލޭގެ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
މީހާގެ ހާލު އެހާ ސީރިއަސް ނޫން ކަމުގައި ވެސް ފުލުހުން ބުނެފައިވެއެވެ.
އަދި މިކަމާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.