Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ބަތަލާގެ ރިސޯޓުން އިތުރު މީހަކު ކޮވިޑް-19 އަށް ޝައްކުކުރެވިގެން ޓެސްޓު ކުރަނީ

ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ އިތުރު މީހެއްގެ ފަރާތުން ކޮވިޑް-19އަށް ޝައްކުވާ އަލާމާތްތަކެއް ފެނިގެން އޭނާގެ ޓެސްޓްތައް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

މި ރިސޯޓުން ވައިރަހަށް ޝައްކު ކުރެވޭ މީހަކު ފެނިފައިވާއިރު، މީގެ ކުރިން އެ ރިސޯޓުން ދެމީހަކު ވަނީ ވައިރަސް އަށް ފައްސި ވެފައެެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އަލަށް އަލާމާތްތައް ފެނުނު މީހާގެ ސާމްޕަލް ނަގާފައިވާއިރު އެ ޓެސްޓްގެ ނަތީޖާ އަދި ނުލިބެ އެވެ. އެހެކަމުން އެ ރަށް މިހާރު އޮތީ އަރައި ފޭބުން މަނާ ކޮށްފި ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ރާއްޖޭގައި ކޮވިޑް-19 އަށް ފައްްސިވި 13 މީހުންގެ ތެރެއިން ތިން މީހަކު މިހާރު ވަނީ އެ ބަލިން މުޅިން ރަނގަޅުވެފައެވެ. އެހެންކަމުން މިހާރު ފަރުވާދެމުން ދަނީ 10 މީހަކަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް