ޚަބަރު

ލަންކާ ޑްރަގު ލޯޑަކު ފިލަންވެގެން ރާއްޖެ އަށް ފުރަން އުޅެނިކޮށް ހައްޔަރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސްރީލަންކާގެ ކަނޑުގެ ސިފައިން ހިންގި ޑްރަގު އޮޕަރޭޝަނެއްގައި ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސް ދޯނީގެ ވެރިމީހާ ރާއްޖެ ފުރަން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.

Ads by Sosun Fihaara

އިއްޔެ، ނޭވީން ހިންގި އެ އެ އޮޕަރޭޝަންގައި ލަންކާގެ ހުޅަނގުން 121 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިިވި މަސްވެރި އުޅަނދެއް ވަނީ ބަލާ ފާސްކޮށްފަ އެވެ. އެ މަސް ދޯނިން 200 ކިލޯގެ ޑްރަގު އަތުލައިގަނެފައިވާއިރު ދޯނީގައި ތިބި 06 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެ ދޯނީގެ ވެރިމީހާ އަކީ ނިގަންބޯ ސިޓީ އަށް ނިސްބަތްވާ 36 އަހަރުގެ ވިޔަފާރިވެރިއެކެވެ. ރޭގެ ވަގުތެއްގައި އޭނާ ރާއްޖެއަށް ފުރަން މަސައްކަތްކޮށްފައިވެ އެވެ.

ލަންކާ ފުލުހުން އެ މީހާ ހައްޔަރުކުރީ ފްލައިޓަށް އަރަން އުޅެނިކޮށެވެ.

"ރޭ 08:35 ހާއިރު ފްލައިޓަށް އެރުމުގެ ކުރިން އެންމެ ފަހު ސެކިއުރިޓީ ޗެކްޕޮއިންޓް ކައިރީގައި ހުއްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވޭ" ލަންކާގެ ނޫހަކު ރިޕޯޓްކޮށްފައިވެ އެވެ.

އޭގެ ފަހުން އޭނާ ވަނީ ކޮލަމްބޯ ޕޮލިސް ނާކޮޓިކްސް ބިއުރޯގެ ހެޑްކުއާޓަރަށް ގެންގޮސްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!