Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޕްރޮގްރެސިވް ކޯލިޝަންގެ ބްލަޑް ކޭމްޕެއް: އުންމީދަކީ ލޭއަޅާ ކުދިންގެ އާއިލާތަކަށް ތަސައްލީއެއް ލިބިގެން ދިއުން

ޕްރޮގްރެސިވް ކޯލިޝަނުން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

މިކަމާ ގުޅޭ ގޮތުން "ދެން" އަށް މައުލޫމާތު ދެއްވަމުން ޕްރޮގްރެސިވް ކޯލިޝަންގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ މި ކޭމްޕަކީ ލޭއަޅާ ކުދިންނަށް ލޭ ލިބުމުގައި ދަތިވާ ކަމަށް ސަރުކާރުން އިއުލާނު ކުރުމުން އެކަމަށް އިޖާބަ ދިނުމުގެ ގޮތުން ބާއްވާން ކޭމްޕެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އެދުމަކީ މި ޚައްސާސީ ދަނޑިވަޅުގައި ލޭ އަޅާ ކުދިންގެ މޫނު މައްޗަށް ހިނިތުންވުމެއް ލިބިގެން ދިއުން، އެ ކުދިންގެ މައިންބަފައިންނަށް ތަސައްލީއެއް ލިބުން." ޝުޖާއު ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

މި ކޭޕްމް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ މެންދުރު 2:30 ގައެވެ. ކޯލިޝަންގެ އެދުމަކީ ވީހާވެސް ގިނަ މެމްބަރުންތަކެއް މި ކޭމްޕުގައި ބައިވެރިވުމެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ގައުމު މި އޮތް ނުރައްކާތެރި ދަނޑިވަޅުގައި ކަމާ ގުޅޭ ގޮތުން ސަރުކާރަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް