Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ލަންކާ އިން ރާއްޖެ އައި އުޅަނދެއްގައި ހުރި މީހަކު ކޮވިޑް-19 އަށް ޓެސްޓު ކުރަނީ

ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން، ސްރީލަންކާއިން ރާއްޖެ އައި “އެލިއޯން” ކިޔާ އުޅަނދަކުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، މި އުޅަނދު ރާއްޖެ އައިސްފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.

އަދި ޓެސްޓްގެ ނަތީޖާ ލިބެންދެން އެ އުޅަނދު ވަނީ މޮނިޓަރިންގ ހާލަތަކަށް ގެނެސްފައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

Advertisement
HDC — Sidebar (box)

ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އެ އެންމެންނަކީ ވެސް ބިދޭސީންނެވެ. އޭގެތެރެއިން ތިން މީހަކު މިހާރު ވަނީ ރަނގަޅުވެފައެވެ.

އެ ތިން މީހުންނަކީ ސޭންޑީސް ބަތަލާ ރިސޯޓުން ބައްޔަށް ފައްސިވި އިޓަލީގެ ދެމަފިރިންގެ އިތުރުން ކުރެއްދޫ އިން ޕޮޒިޓިވްވި މީހެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް