ކޮވިޑް-19: އެންގުމާ ހިލާފަށް ރިސޯޓަކަށް އެރި މުވައްޒަފަކު ހައްޔަރުކޮށްފި
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގުމާ ހިލާފަށް ރިޒޯޓަކަށް އެރި މުވައްޒަފަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ އިއްޔެގެ ވަގުތެއްގައި ހއ.އަތޮޅުގެ ރިސޯޓަކަށް އެ ރިސޯޓުގައި މަސައްކަތްކުރާ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެން މުވައްޒަފަކު އެރުމާ ގުޅިގެން މިރޭ 7:49 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.
ރިސޯޓުތަކުގެ މުވައްޒަފުން ރިސޯޓުން ފޭބުމާއި އަދި ރަށްރަށުން މީހުން ރިސޯޓުތަކަށް ދިޔުން ވެސް މިވަގުތު އޮތީ މަނާކޮށްފައެވެ.
މީގެކުރިން ވެސް ފުލުހުން ވަނީ މި އެންގުމާ ހިލާފުވި ދެ ފަރާތެއް ހައްޔަރުކޮށްފައެވެ. އެ ދެ ފަރާތުގެ ބަންދަށް ވެސް މިހާރު ވަނީ 15 ދުވަސް ޖަހާފައެވެ.
Ads by Allied Insurance