ޚަބަރު

ތިނަދޫ އިން ނެގި 76 ރެންޑަމް ސާމްޕަލް ނައްސި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ގދ. ތިނަދޫގައި ކޮވިޑް-19 ފެތުރިފައިވޭތޯ ބެލުމަށް ރެންޑަމް ކޮށް ނެގި 76 ސާމްޕަލް ވެސް ކޮވިޑް19 އަށް ނައްސި ވެއްޖެއެވެ.

Ads by MWSC

އެރަށުގައި ބަލި ފެތުރޭތޯ ބެލުމަށް ރެންޑަމް ސާމްޕްލިން ނަގާފައިވަނީ އެރަށުން ދެ މީހަކު ފައްސިވުމާ ގުޅިގެންނެވެ.

އޮންލައިން ނޫހެއް ކަމަށްވާ "ވަގުތު"އަށް މައުލޫމާތު ދެމުން ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ އަހުމަދު ސައީދު ވިދާޅުވީ ތިނަދޫ އިން ނެގި 77 ސާމްޕަލް ގެ ތެރެއިން 76 ސާމްޕަލް ނައްސިވެފައިވާ ކަމަށާއި އަނެއް ސާމްޕަލް ގެ ނަތީޖާ އަދި ނުލިބޭ ކަމަށެވެ.

ތިނަދޫއިން ފައްސި ވެފައިވަނީ އެރަށުގެ މީހަކާއި އެރަށާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓެއްގައި މަސައްކަތްކުރާ ބިދޭސީއެކެވެ.

ތިނަދޫ އިން އެންމެ ފުރަތަމަ ފައްސިވީ އުމުރުން 68 އަހަރުގެ ފިރިހެނެކެވެ. އޭނާ ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ގެންދަން އުޅުމުން އެރަށުގެ ބަޔަކުވަނީ އެކަމާއި މުޒާހަރާކޮށް، އެމީހާ ވިލިނގިއްޔަށް އެރުވުން ހުއްޓުވާފައެވެ. އެހެންކަމުން އޭނާ މިދިޔަ ހޯމަ ދުވަހު ވަނީ ފަރުވާއަށް މާލެ ގެނެސްފައެވެ.

ދެވަނައަށް އެރަށުން ފައްސި ވެފައިވަނީ، ފުރަތަމަ ފައްސިވީ މީހާ ކޮންޓެކްޓްވީ މީހުންގެ ތެރެއިން މީހެކެވެ.
ރާއްޖޭގައި ކޮވިޑަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 8،003 އަށް އަރާފައެވެ. އޭގެތެރެއިން މިހާތަނަށް 5،265 މީހުން ބަލިން ފަސޭހަ ވެފައިވާއިރު 29 މީހުން ވަނީ މިބަލީގައި ނިޔާވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!