ޚަބަރު

ސީއެޗްއެސްއީގެ ކުރީގެ އިމާރާތުގައި އަލުން ކިޔަވައިދޭން ފަށަނީ

އަލީ ސަމާޙް ، ދެން އޮންލައިން
ސީއެޗްސްސީގެ ކުރީގެ އިމާރާތް/ ފޮޓޯ: ސަން

ރާއްޖޭގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފެށި ފުރަތަމަ ސްކޫލު، ސެންޓާ ފޯ ހަޔާ އެޑިއުކޭޝަން ސެންޓަރު (ސީއެޗްއެސްއީ) މީގެ ކުރިން ހިންގި އިމާރާތުގައި އޭ-ލެވެލް ކިޔަވައި ދިނުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިނިސްޓަރު އެހެން ވިދާޅުވީ ފޭސްބުކްގައި ލިޔުނު ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި މިނިސްޓަރު ވިދާޅުވީ މާލެ އަކީ ރާއްޖޭގައި އެންމެ ގިނަދަރިވަރުން ކިޔަވަމުންދާ ރަށަކަށްވާއިރު މިހިނގާ 2024 ވަނަ އަހަރު ގްރޭޑް 10 ގައި 1700 ދަރިވަރުން މާލޭގާ ކިޔަވަމުންދާ ކަމަށެވެ. ޝަފީއު ވިދާޅުވީ މާލޭގައި އޭލެވެލަށް ކިޔަވައިދޭނެ ސަރުކާރުގެ ސްކޫލެއް ނެތުމަކީ އެކަމުގެ ދަތިކަން ގިނަ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފޯރަމުންދާ ކަމެއް ކަމަށެވެ.

އެހެންވެ އެކަން ހައްލުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.

"މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މިއަންނަ ސެޕްޓެމްބަރު މަހު އޭލެވެލް ކިޔެވުން ފެށެންވާއިރަށް ކުރީގެ ސީއެޗްއެސްއީގެ އިމާރާތުގައި އޭލެވެލް ކިޔެވެމުގެ އިންތިޒާމު ހަމަޖަހިގެންދާނެ ވާހަކަ ދަންނަވަމެވެ" މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭގައި ސަރުކާރުގެ އޭލެވެލް ސްކޫލެއް ހުޅުވުމުން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ އޭލެވެލް ދަރިވަރުންގެ އަދަދު މަދުވާނެ ކަމަށެވެ. އަދި، ގާތުން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒު ކުރެވި، އޭލެވެލްގެ ތައުލީމަށް ސަރުކާރުން ކުރާ ހޭދަވެސް މީހާރަށްވުރެ ކުޑަކުރެވޭނެ ކަމަށެވެ.

ކައިރި މުސްތަގުބަލެއްގައި އޭލެވެލް ކިޔަވައިދުމަށް މުޅިން އާއިމާރާތެއް މާލޭގައި ބިނާކުރެވިގެންދާނެ ކަމަށާއި އަދި މާލޭގައި އޭލެވެލް ސްކޫލެއް ހުޅުވުމުގެ ސަބަބުން ހުޅުމާލޭގައި ގާއިމުކުރެވިފައިވާ ސީއެޗްއެސްސީ އަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

ސީއެޗްއެސްއީގެ އާ އިމާރާތް މިހާރު ހިންގަނީ ހުޅުމާލޭ ފުރަތަމަ ފޭސްގަ އެވެ. ކުރިން ސީއެޗްއެސްއީ ހިންގި އިމާރާތުގެ ބިން މިހާރު ވަނީ އަމީނިއްޔާ ސްކޫލަށް ދީފަ އެވެ. ސީއެޗްސްއީ ހުޅުވީ 1979 ވަނަ އަހަރު އެވެ.

  1. ހުވޭ

    އަލްޙަމްދުﷲ

  2. ޙަރަދު

    ހުޅުމާލޭގެ ކުދިން ކަނޑުފަތާފަ ތިޔަތަނަށް ކިޔަވަން ދިޔަ ހަމަ މާލެއަށް ތޮއްޖެއްސުން ހިއްޓާލެވިގެން ނުވާނެ ތާދޯ! ކޮބާ ޙަރަދު ބޮޑުވެގެން އުޅޭއިރު 2 ސްކޫލަށް ކިހާޙަރަދެއް ދާނެ!!