އިންޑިއާގައި ތިބި ދިވެހި ބަލިމީހުންގެ ހަރަދުތައް އާސަންދައިން ބަލަހައްޓަނީ
އަވަށްޓެރި އިންޑިއާއަށް ގޮސްތިބި ދިވެހި ބަލި މީހުންނަށް އަނބުރާ ރާއްޖެ އާދެވެންދެން އެމީހުންގެ ޚަރަދުތައް އާސަންދައިގެ ދަށުން ބަލަހައްޓަން ނިންމަވައިފިއެވެ.
އާސަންދަ ކުންފުނިން ބުނީ އާސަންދައިގެ ދަށުން އިންޑިއާއަށް ބެސްފަރުވާއަށް ގޮސްތިބި ދިވެހިންނަށް ރާއްޖެ އާދެވެންދެން އެމީހުންގެ ތިބުމާއި ކެއުމުގެ ޚަރަދު އިންޑިއާގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ބެލުމުގެ ދަށުން އާސަންދައާއި އެންސްޕާ ގުޅިގެން ބަލަހައްޓާގޮތަށް ހަމަޖައްސާފައިވާކަމަށެވެ.
ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އިންޑިއާއިން އަޅާ ފިޔަވަޅުތަކުގެ ދަށުން މިއަދުން ފެށިގެން ހަފްތާއެއްގެ މުއްދަތަކަށް، އިންޑިއާގެ އެއްވެސް އެއާޕޯޓަކަށް ބައިނަލްއަގުވާމީ ފްލައިޓްތައް ޖެއްސުން ވަނީ މަނާކޮށްފައެވެ. އެކަމާ ގުޅިގެން ގައުމީ އެއާލައިން މޯލްޑިވިއަނުން އިންޑިއާއަށް ކުރަމުން ދިޔަ ދަތުރުތައް ވެސް ވަނީ ހުއްޓާލާފައެވެ. އިންޑިއާއަކީ ދިވެހިން ގިނަ ޢަދަދަކަށް ބޭސްފަރުވާއަށް ގޮސް އުޅޭ ޤައުމެކެވެ.
ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް ވަނީ ތަފާތު ބޭނުންތަކަށް އިންޑިއާއަށް ގިނަ ދިވެހިންތަކެއް ގޮސްފައިވާއިރު، އެ ގައުމުގެ އެއާޕޯޓުތައް ހުޅުވަންދެން އަމިއްލަ ޚަރަދުގައި ތިބުމަކީ ފަސޭހަ ކަމަކަށް ނުވާނެކަމަށެވެ.
އަދި އެފަދަ މީހުން ދެނެގަނެ އެ މީހުންނަށް ހުރުމާއި ބޭސްފަރުވާގެ ކަންކަން ދިވެހި ސަރުކާރުން ހަމަޖައްސައި ދިނުމުގެ މަސައްކަތް ކުރަމުން އަންނަކަން ވަނީ ފާހަގަކުރައްވާފައެވެ.