ޚަބަރު

އެމްބަސީ ކާރު ބޭނުމެއް ނުކުރަން، ނުވެސް ދެކެން: ޝިދާތާ

ދެން އެމްވީ ، ދެން އޮންލައިން

އަމިއްލަ އެއްވެސް ބޭނުންފުޅަކަށް މެލޭޝިއާ އެމްބަސީގެ ކާރުކޮޅު ބޭނުންކުރައްވާފައި ނުވާނެ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝިދާތާ މިހެން ވިދާޅުވެފައިމިވަނީ އެކަމަނާގެ އަމިއްލަފުޅު ދަތުރެއްގައި އާއިލާއާއި އެކު މެލޭޝިޔާއަށް ވަޑައިގެން، އެ ޤައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި އޮންނަ ދައުލަތުގެ ކާރު ބޭނުން ކުރެއްވި މައްސަލައެއް އަމިއްލަ ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝިދާތާ ވިދާޅުވީ މެލޭޝިއާ އެމްބަސީގެ ކާރު ބޭނުންކޮށްފައި ނުވާނެ ކަމަށާ އެ ކާރު ނުވެސް ދެކޭ ކަމަށެވެ. އަދި އެކަން ކަމާބެހޭ ފަރާތްތަކުން ބެއްލެވުމުން ސާބިތުވާނެ ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވައުދުވީ ހިޔާލުފާޅުކުރުމާއި، މީޑިއާގެ މިނިވަންކަން ހޯދައިދޭން. ސަރުކާރުގެ ވަޒީރަކާމެދު ވެސް ކުރެވޭ ތުހުމަތެއް އޮތްކަމުގައިވާނަމަ، އެ ފަދަ މައްސަލަތައް ކަމާބެހޭ މުއައްސަސާތަކަށް ހުށައަޅައިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު ހުޅުވިފައި އޮތްކަން މިއަދު މިދަނީ ފެންނަމުން" ޝިދާތާ ވިދާޅުވިއެވެ.

ސަރުކާރުގެ އެއްވެސް އެއްޗެއް އެއްވެސް ފަރާތެއްގެ އަމިއްލަ ފައިދާއަށް، ސަރުކާރުގެ ގަވާއިދާ ޚިލާފަށް ބޭނުންކުރުމަކީ ކޮރަޕްޝަން ހުއްޓުވުުމުގެ ޤާނޫނުގެ ދަށުން މަނާކަމެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!