ޚަބަރު

ސޯސަންމަގުން ހޮވި 2000ރ ގެ ވެރިފަރާތް ހޯދަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ ޝަހީދު އާދަމް ބިލްޑިން / ފޮޓޯ: ދެން

ސޯސަންމަގުން ހޮވި 2000 ރުފިޔާގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

Ads by Sosun Fihaara

ފުލުހުން ބުނީ އެ ފައިސާ ހޯދާފައިވަނީ މި މަހުގެ 1 ވަނަ ދުވަހު ސޯސަން މަގުން ޝޮޕް އެންޑް ސޭވް ފިހާރަ ކުރިމަތިން ކަމަށެވެ.

އެ ތަކެތީގެ ވެރިފަރާތުން 9400053 އަށް ގުޅަން އެދިފައިވެ އެވެ. އެ ކޭސްގެ އިންސިޑެންޓް ނަންބަރަކީ 603601 އެވެ.

އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވާން ފުލުހުން އެދެ އެވެ.

އޭގެ އިތުރުން މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހު އަނޯނާ ގޯޅިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ، ދަގަނޑުގައި އަޅުވާ 33 ބިޑި ވެސް ފުލުހުން ވަނީ ހޯދާފަ އެވެ.

އެ ތަކެތީގެ ވެރިފަރާތުން ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވާން ފުލުހުން އެދެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!