ބިދޭސީންތަކެއްގެ އަތުން ފައިސާ ފޭރިއްޖެ

ރޭ މާލޭގައި، ބިދޭސީންތަކެއްގެ އަތުން ފައިސާ ފޭރުނުު މައްސަލައެއްގައި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، ނޭޕާލު 4 ފިރިހެނުން އަތުން ފައިސާ ފޭރުނު މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެމީހުންގެ އަތުން ފޭރިފައި ވަނީ 350 ރުފިޔާ އެވެ.
އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.