ލައިފްސްޓައިލް

އިންޑިއާގައި ޕަބްޖީ ކުޅުން މަނާކުރުމުން، ޕަބްޖީގެ ކުންފުންޏަށް 34 ބިލިއަން ޑޮލަރުގެ ގެއްލުން!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މިދިޔަ ބުދަ ދުވަހަށް އިރު އުދަރެހުން އަރައިގެން އައީ އިންޑިއާގައި "ޕްލޭޔަރ އަންނޯންސް ބެޓްލް ގްރައުންޑުސް (ޕަބްްޖީ)" ކުޅުން މަނާ ކުރި ހަަބަރުތަކުންނެވެ. މިއާއެކު އިންޑިއާގައި އެންޑްރޮއިޑް އަދި އައި ފޯނު ގެންގުޅޭ މީހުންނަށް ވެސް ޕަބްޖީއެއް ނުކުޅެވޭނެއެވެ.

Ads by Sosun Fihaara

އިންޑިއާއަކީ ޝައްކެތްވެސް ނެތް ގޮތުގައި އާބާދީ ބޮޑު ގައުމެކެވެ. އިންޑިއާ އަކީ ގިނަ ބަޔަކު ޕަބްޖީ ކުޅެމުން ދިޔަ ގައުމެކެވެ. ގިނަ ޒުވާނުންތަކެއް އޭގެ އަވައިގައި ޖެހި އާވާރާ ވެފައި ތިބި ގައުމެކެވެ. ކަން އޮތީ މިހެން ކަމަށް ވާއިރު ހަމަ ގައިމުވެސް އިންޑިއާގައި ޕަބްޖީ ކުޅުން މަނާ ކުރުމުން މި ގޭމް ކުޅޭ އެންމެންވެސް ނުހަނު ހިތާމަ ކުރާނެކަން ޔަގީނެވެ.

މިފަހަރު ހިތާމަ ކުރަން ޖެހިފައި މިވަނީ ހަމައެކަނި ގޭމް ކުޅޭ މީހުންނަކަށް ނޫނެވެ. ބޭރުގެ މީޑިއާތައް ބުނާ ގޮތުން އިންޑިއާގައި ޕަބްޖީ ކުޅުން މަނާ ކުރި ފަހުން "ޕަބްޖީ"ގެ ފުރަގަހުގައި ވާ ކުންފުންޏަށް ވަނީ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ގާތްގަނޑަކަށް 34 އެމެރިކަން ޑޮލަރުގެ ގެއްލުމެއް މި ކުންފުންޏަށް ލިބިފައިވާ ކަމަށް އިންޑިއާގެ ނޫހެއް ކަމަށްވާ "ޓައިމްސް އޮފް އިންޑިއާ" އިން ހާމަ ކުރެއެވެ.

ރިކޯޑުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ޕަބްޖީ ކުޅޭ އާބާދީގެ ހަތަރުބައި ކުޅަ އެއް ބަޔަކީ އިންޑިއާގެ މީހުންނެވެ.

ރިޕޯޓްތައް ބުނާގޮތުން މިއީ ޗައިނާގެ މި ޓެކް ކުންފުނިން މިފަދަ ގެއްލުމަކާ ކުރިމަތިލާން ޖެހުނު ދެވަނަ ފަހަރެވެ. ފުރަތަމަ ޗައިނާގެ މި ކުންފުނިން މިފަދަ ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އެމެރިކާގެ ބައެއް ހިސާބުތަކުގައި ވަޓްސް އެޕް ބޭނުން ކުރުން މަނާކުރުމުންނެވެ.

އިންޑިއާއިން ވަނީ ޕަބްޖީއާއި އެކު އިތުރު 118 ޗައިނީޒް އެޕްލިކޭޝަން އެ ގައުމުގައި ބޭނުން ކުރުން މަނާ ކޮށްފައެވެ. އެގޮތުން މީގެ ކުރިން އިންޑިއާގެ ގިނަ ބަޔަކު ބޭނުން ކުރަމުންދިޔަ އެޕްލިކޭޝަން "ޓިކްޓޮކް"ވެސް ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!