ޚަބަރު

ހުއްދަ ނެތް ބިދޭސީން ލައްވާ މަސައްކަތް ނުކުރުމަށް އެދިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ޝައްމާން/ ފޮޓޯ: އިމިގްރޭޝަން

ހުއްދަނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ނުކުރުވަން ކޮންޓްރޯލާ އޮފް އިމިގްރޭޝަން  މުހައްމަދު ޝައްމާން ވަހީދު މިރޭ އިލްތިމާސްކޮށްފި އެވެ.

Ads by Sosun Fihaara

ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުށް ރާއްޖޭގައި ބިދޭސީންނާއެކު މުއާމަލާތްތައް ހިންގާ ދިވެހިން, މަސައްކަތްކުރުމުގެ ހުއްދަނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރުވުމަކީ ކުށެެކެވެ.

އަދި އެފަދަ ފަރާތްތައް އެ ގާނޫނުގެ 33 ވަނަ މާއްދާގެ (ށ) ގެ ދަށުން، 50,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކޮށް އެމީހެއްގެ ޕާސްޕޯޓު ވަކިމުއްދަތަކަށް ހިފެހެއްޓުމުގެ އިހްތިޔާރު، ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް ލިބިގެންވެ އެވެ.

އެކްސް ގައި ކުރި ޕޯސްޓެއްގައި ޝައްމާން ވަނީ ހެދިފައިވާ ގާނޫނުތަކާއި އެއްގޮތަށް އެންމެންވެސް އަމަލުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

"އަޅުގަނޑު އިލްތިމާސްކުރަނީ އެންމެހާ ފަރާތްތަކުންވެސް އިމިގްރޭޝަންގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލު ކުރެއްވުމަށް" ޝައްމާން ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރެއިޑް ކުރުމުގެ ބޮޑު އޮޕަރޭޝަނެއް ވަނީ ފަށާފަ އެވެ. އެ އޮޕަރޭޝަންގެ ދަށުން މިރޭ ވެސް ވަނީ ހުޅުމާލޭގެ ދެ ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިއަ 04 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް 3 އަހަަރު ތެރޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށެވެ. ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާނާއި ފޮޓޯ ނެގުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.

ހޯމް މިނިސްޓަރު އަލި އިހުސާން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ނިޔަލަށް ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންގެ އަދަދަކީ 90،624 އެވެ. އެ މުއްދަތުގެ ތެރޭގައި ވިސާއާ ވޯކް ޕާމިޓް ކެންސަލްކޮށް އަމިއްލަ ގޮތުން 206 މީހަކު އަނބުރާ ގައުމަށް ގޮސްފައިވެ އެވެ. މި ވަގުތު އެކްޓިވް ވޯކް ޕާމިޓްގެ އަދަދަކީ 135،679 އެވެ. 96،675 ބިދޭސީންނަކީ ގަވާއިދާ ހިލާފަށް އުޅެމުންދާ މީހުންނެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް 3 އަހަަރު ތެރޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށެވެ. ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާނާއި ފޮޓޯ ނެގުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދޫކުރާ ހުއްދަތަކަށް ވަޒީފާއާ ބެހޭ ގާނޫނާއި ގަވާއިދުގެ ދަށުން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް، 10،619 ވަޒީފާދޭ ފަރާތުގެ ނަންމަތީގައި ރަޖިސްޓަރީ ކޮށްފައިވާއިރު 102،807 ބިދޭސީ މަސައްކަތްތެރީންގެ ފީގެ ގޮތުގައި ދައުލަތަށް 1.7 މިލިއަނެއްހާ ރުފިޔާ ދައްކަން ޖެހެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!