ޚަބަރު

ޗައިނާ އެހީގައި ހިންމަފުށީގައި 165 ސޯލާ މަގުބައްތި ޖަހައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކ. ހިންމަފުށީގެ މަގުތަކުގައި ސޯލާ މަގުބައްތި ޖެހުމަށް ހިންގި މި މަޝްރޫޢުގެ ދަށުން އެ ރަށުގައި 165 ބައްތި ޖަހައިފި އެވެ.

Ads by Hajj Corporation

ސޯލާ މަގު ބައްތިތައް ދިއްލުމުގެ ރަސްމިއްޔާތުގައި ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މި ޖެހި ސޯލާ ބައްތީގެ ސަބަބުން ރައްޔިތުންގެ ރައްކާތެރިކަން އިތުރުވުމާއެކު، ކާބަން ފުޑް ޕްރިންޓް ކުޑަ ކުރެވިގެންދާނެ ކަމަށެވެ.

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅައިފައި ހުންނަވައި ސަފީރު ވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ޗައިނާއަކީ ބައިނަލްއަގުވާމީ މަޝްރަޙުގައި ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާ އެއް ފަރާތް ކަމަށެވެ. އަދި ޗައިނާ ސަރުކާރަށް ޝުކުރު އަދާ ކުރެއްވި އެވެ.

އިއްޔެ ހަވީރު ބޭއްވި މި ރަސްމިއްޔާތުގައި ޗައިނާގެ ސަފީރު ވެސް ވާހަކަފުޅު ދެއްކެވިއެވެ. މި ރަސްމިއްޔާތަށް ޓަކައި ވަޒީރާއި، ޗައިނާ ސަފީރު ހިންމަފުއްޓަށް ވަޑައިގަތުމުން ހިންމަފުށިން ހޫނު މަރުުޙަބާއެއް ކިޔައިފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!