ޚަބަރު ޝަރުޢީ ދާއިރާ

ޑިޕްލޮމެޓްގެ ސައިކަލު ވަގަށް ނެގި މީހާއަށް އިތުރު އެއް އަހަރުގެ ޖަލު ހުކުމެއް

އަލީ ސަމާޙް ، ދެން އޮންލައިން
ކްރިމިނަލް ކޯޓު/ ފޮޓޯ:ދެން

މާލޭ، ސަން ސިޔާމް ބިލްޑިން ކުރިމަތީގައި ޕާކްކޮށްފައި ހުރި ބްރިޓިޝް ކޮންސުލް ޖެނެރަލް ޑރ ޕޯލް އާރްތާ ވަން ޑްރީޝްގެ ސައިކަލު ވަގަށް ނެގިކަމުގެ ކުށުގައި ޖަލަށްލާން ހުކުމް ކުރި މީހާ، އެެހެން މައްސަލައެއްގެ ކުށުގައި އިތުރު އެއް އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

Ads by Hajj Corporation

އިއްޔެ ކްރިމިނަލް ކޯޓުން އެ ހުކުމް ކޮށްފައިވަނީ ރ.ކަނދޮޅުދޫ، ދޮންވެލި، އަހުމަދު އިރުޝާންގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނީ ޖެނުއަރީ 10، 2024 ވަނަ ދުވަހުގެ ވަގުތެއްގައި އޯކިޑް މަގު އާރްޑީސީ (އެމްއެސްއެލް ބިލްޑިން) ކައިރީގައި ޕާކްކޮށްފައިހުރި ހޮންޑާ ކިޔުބިކްސް ސައިކަލު ނަގައިގެން އިރުޝާން ދުއްވާފައިވާ ކަމަށެވެ.

އެ މައްސަލާގައި ކުރިއަށްދާން ބޭނުންވަނީ ވަކީލަކާ ނުލާ ކަމަށް ކޯޓުގައި އިރުޝާން ބުނެފައިވެ އެވެ. ކޯޓުގައި އޭނާ ވަނީ ދައުވާތަކަށް އިއުތިރާފްވެފަ އެވެ. އިރުޝާން ކޯޓުގައި ބުނީ، އެ ކުށަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިގެން ކުރެވުނު ކުށެއް ކަމަށެވެ.

ބަންދުގައި ހޭދަކޮށްފައިވާ މުއްދަތު އުނިކުރުމަށް ފަހު އެއް އަހަރާއި 11 ދުވަހާއި 14 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ އޭނާ އަށް ހުކުމްކޮށްފަ އެވެ.

މި މައްސަލައިގެ ހުކުމްއާ ޑިޕްލޮމެޓިކްގެ ސައިކަލު ވަގަށް ނެގި ކަމުގެ ކުށުގައިއާ އެކު ޖުމްލަ ދެ އަހަރާއި ނުވަ މަސް އޭނާ ޖަލުގައި ހޭދަކުރަން ޖެހޭނެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!