ޚަބަރު

ސީޒަންއާ ދިމާކޮށް ރޭގަނޑު ސީޕްލޭން ދަތުރުތައް ފަށަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގައި ހިންގަމުން އަންނަ ސީ ޕްލޭން ޓާމިނަލްގައި ރޭގަނޑު ލޭންޑު ކުރެވޭ ގޮތަށް ބައްތިތައް ޖަހާ, ރޭގަނޑު އެތަން އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްއޭސީއެލުން ހާމަކޮށްފި އެވެ.

Ads by MWSC

އެއާ ސާވިސް ވޯލްޑް ކޮންގުރެސްގައި ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަމުން އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފު ވިދާޅުވީ, އެއާޕޯޓް ބައްތި ހަދާ ކުންފުޏްނާއެކު ވޯޓާ ރަންވޭގައި ޖަހާ ބައްތި ހެދުމުގެ މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ޝަރީފް ވިދާޅުވީ, އަލިކޮށްފައިވާ ރަންވޭއެއް ގާއިމް ކުރުމުން ހައެއް ޖަހާއިރު ހުއްޓާލަން ޖެހޭ ސީ ޕްލޭންގެ ހިދުމަތް ކުރިޔަށް ގެންދެވޭނެ ކަމަށެވެ. އޭރުން ފަތުރުވެރިކަމަށް ވަރަށް ބޮޑު ފައިދާއެއް ލިބޭނެކަން ޝަރީފް ފާހަގަކުރި އެވެ.

އޭނާ ވިދާޅުވީ, އަމާޒު ހިފާފައިވަނީ ފިނި މޫސުން އަންނަންވާއިރަށް މަސައްކަތް ނިންމާލުމަށް ކަމަށެވެ. ފިނި މޫސުމުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑުތަން އިތުރުވެ އެވެ.

ޝަރީފް ވާހަކާގައި އިތުރަށް ވިދާޅުވީ, މިހާރު ކޮންމެ ގަޑިއިރަކު 60 ސީޕްލޭން ވީއައިއޭއިން އޮޕަރޭޓުކުރަމުންދާ ކަމަށާއި އެމްއޭސީއެލްގެ އަމާޒަކީ ވީއައިއޭއިން ދަތުރުކުރާ ސީޕްލޭނުގެ އަދަދު ގަޑިއިރަކަށް 84 ސީޕްލޭނަށް އިތުރުކުރުން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!