ސޯލާ ޕެނަލްތަކުގައި ކާރެއް ޖެހި ހައިވޭގައި އެކްސިޑެންޓެއް ހިނގައިފި

މާލެ ހުޅުމާލެ ހައިވޭގައި ބަހައްޓާފައިވާ ސޯލާ ޕެނަލްތަކުގައި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހައިވޭ ސޯލާ ޕެނަލްތަކުގައި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު ހެނދުނު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެ އެވެ. އެހެންނަމަވެސް މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓުވި ކާރު ސޯލާ ޕެނަލްތަކުގައި ޖެހުމުގެ ސަބަބުން ޕެނަލްތަކަށް ވަނީ ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފަ އެވެ.