ޚަބަރު

މަސްތުވާތަކެއްޗާއެކުު ހޯރަފުށިން މީހަކު ހައްޔަރުކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ފޮޓޯ: ޕޮލިސް މީޑިއާ

މަސްތުވާތަކެއްޗާއެކު ހއ.ހޯރަފުށިން މީހަކު ހައްޔަރު ކޮށްފިއެވެ.

Ads by STELCO

ފުލުހުން ބުނެފައިވަނީ މަސްތުވާތަކެއްޗާ ގުޅޭ ގޮތުން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހއ.ހޯރަފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މި ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ކަމަށާއި އެ އޮޕަރޭޝަނުގައި އެރަށުގެ ފަޅު ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު 27 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.އަދި އެ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ތިން ޖޫސްޕެޓީ ކޮތަޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހއ.ހޯރަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ވަނީ ހޯމް މިނިސްޓްރީން ކަނޑައަޅައި ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައި ވެއެވެ.

ހއ.ހޯރަފުށި ޕޮލިސް ސްޓޭޝަނުން މި މައްސަލަ އިތުރަށް ބަލަމުން ގެންދާކަަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!